ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 20:42
ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް، ސްޕޭންގެ ފޯވަޑް ހާމޯސޯއާއެކު
ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް، ސްޕޭންގެ ފޯވަޑް ހާމޯސޯއާއެކު
ގޫގުލް
އަންހެން ފުޓްބޯޅަ
އިސްތިއުފާ ނުދިނުމުން، ފީފާއިން ރުބިއަލެސް ސަސްޕެންޑްކޮށްފި
އޭނާ ސަސްޕެންޑްކުރީ 90 ދުވަހަށް

އަންހެނުންގެ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި އަންހެން ކުޅުންތެރިއަކަށް ބޮސްދިން މައްސަލަ ގޯސްވެ، އިސްތިއުފާ ދޭން ދެކޮޅު ހެދުމުން ފީފާއިން ސްޕޭނުގެ އެފްއޭގެ ރައީސް ލުއިސް ރުބިއަލެސް ސަސްޕެންޑްކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ މިއަދުން ފެށިގެން 90 ދުވަހަށް ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ރުބިއަލެސްއަށް ބައިވެރިނުވެވޭނެ ކަމަށެވެ. އަދި އޭނާގެ އަމަލު ތަހުގީގުކޮށް ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެކަމަށެވެ.

ފީފާއިން އޭނާގެ މައްޗަށް ކުރަނީ އަންހެން ކުޅުންތެރިކަށް އޭނާ ބޮސްދިނުމަކީ ފީފާގެ ގަވާއިދުގެ 13 ވަނަ މާއްދާއާ ޚިލާފު އަމަލެއް ކަމަށް ބުނެއެވެ. ފީފާއިން ރުބިއަލެސްއަށް ކުރަނީ އެ މާއްދާގެ އަޚުލާގީ އަދި ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ އަމަލެއް ކުރިކަމުގެ މައްސަލައާއި ފުޓްބޯޅައިގެ އިސް އޮފިޝަލަކު އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު އަމަލެއް ކުރިކަމުގެ މައްސަލައެވެ.

ޗެމްޕިއަންކަން ހޯދި ސްޕޭނު ޓީމު ރަންމެޑަލް ކަރުގައި އަޅުވަން ސްޓޭޖަށް ދިއުމުން ރުބިއަލެސް ވަނީ ތަށި ލިބުމުގެ އުފަލުގައި ކޮންމެ ކުޅުންތެރިއަކާ ވަކިވަކިން ސަލާމްކޮށް ބައްދައި ހަދައިފައެވެ. އަދި ފޯވަޑް ޖިނީ ހާމޯސޯއަށް އޭނާ ބޮސްދިނީ ދެވަނަ އެދުމެއް އޮވެގެން ކަމަށް ސްޕޭނުގެ މީޑިއާތަކުން ވަނީ ބުނަން ފަށާފއެވެ. މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން މެޗަށްފަހު ހާމޯސޯ ބުނީ ރުބިއަލެސްގެ އަމަލަކީ އޭނާ ހިތްހަމަޖެހުނު އަމަލެއް ނޫން ކަމަށެވެ.

ރުބިއަލެސްއަށް ސްޕޭނުގެ ސަރުކާރާއި ބައެއް ވަޒީރުންވެސް ވަނީ ފާޑުކިޔާފައެވެ. އަދި އޭނާ އިސްތިއުފާ ދިނުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ ގޮވާލައި ޕެޓިޝަން ހަދަން ފަށާފައެވެ. އެ ފަރާތްތަކުން ބުނަނީ މިއީ ސްޕޭނުގެ އެފްއޭއަށް ބަދަލުތަކެއް ގެންނަންވީ ވަގުތުކަމަށެވެ.

ސްޕޭންގެ އެފްއޭގެ ރައީސް ކުޅުންތެރިއަކު ކޮނޑަށް ލައިގެން - ގޫގުލް

މިމައްސަލަ ހޫނުވުމުން ރުބިއަލެއް މިދިޔަ ހުކުރު ދުވަހު އިސްތިއުފާދޭނެ ކަމަށް އީއެސްޕީއެންއިން ބުންޏެވެ. ނަމަވެސް އެނޫހުން ފަހުން ބުނީ އެކަމަށް ރުބިއަލެއް ދެކޮޅުހެދީ ފަހު ވަގުތު ކަމަށެވެ.

ފާޑުކިއުން އަމާޒުވުމުން ރުބިއަލެސްގެ ދިފާއުގައި ސްޕޭނުގެ އެފްއޭއިން ބަޔާން ނެރުނެވެ. އެ ބަޔާނުގައިވަނީ ހާމޯސޯއަށް ބޮސްދިނީ އެދުމެއްނެތި ކަމަށާއި އަދި އެއީ ކާމިޔާބީގެ އުފަލުގައި އިޚްތިޔާރަކާނުލައި ކުރެވުނު އަމަލެއް ކަމަށެވެ. އަދި ހުރިހާވެސް ކުށްވެރިއަކީ އޭނާކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭނާގެ ވީޑިއޯތައް އިތުރަށް ދިރާސާކޮށް އިތުރު ފާޑުކިއުން އަމާޒުވާން ފެށުމުން ރުބިއަލެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުނުކިޔައި މަޑުތިބުން ބުއްދިވެރިކަމަށް ބުނެފައެވެ.

ނަމަވެސް ސްޕޭނުގެ ސަރުކާރާއި ވަޒީރުންނާއި ކުރީގެ ކުޅުންތެރިނާއި ކުލަބުތަކުންވެސް ބުނަނީ މައާފަށް ދިނުމަކީ ހައްލެއްނޫން ކަމަށާއި ރުބިއަލެސްއަށް ފިޔަވަޅު އަޅަންހެހޭ ކަމަށެވެ. މި މައްސަލާގައި ސްޕޭނުގެ އެފްއޭގެ އެހެން އޮފިޝަލަކުވެސް ވަނީ އިސްތިއުފާދީފައެވެ. އޭނާ ބުނީ ރުބިއަލެސްގެ އަމަލު ބަލައިނުގަނެވޭ ކަމަށެވެ.

ސްޕޭންގެ އަންހެން ޓީމު ވޯލްޑްކަޕަށް ދިއުމުގެ ކުރިން ކުޅުންތެރިން ކޯޗާ ދެކޮޅަށް ފެޓިޝަނެއްވެސް ހެދިއެވެ. އެއީ އަންހެން ކުޅުންތެރިންނަށް އޭނާ ޖިންސީ ފުރައްސާރަކުރާ ކަމަށް ބުނެއެވެ. މި މައްސަލާގައި އެފްއޭއިން ދިފާއުކުރީ ކޯޗެވެ. އަދި އޭނާ ތަށި ހޯދީ އޭނާއާ ދެކޮޅަށް ޕެޓިޝަންހަދައި ސޮއިކުރި 12 ކުޅުންތެރިއަކު ނުލައި ޓީމު އެކުލަވާލައިގެންނެވެ.

- ކޮމެންޓް