Advertisement
ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 12:52
ދަނޑުހައްދާފައި
ދަނޑުހައްދާފައި
މުހައްމަދު ޝަރުހާން
ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީއެ
ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ހަދާނެ ބަޔަކު ހޯދަނީ
މި މަސައްކަތަށް ބޭނުންވާ ފަންޑު ވަނީ ހަމަޖެހިފައި
މިތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދޭނެ

ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މިއީ ޔޫއެންޑީޕީގެ "ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަޔްޗަރ އިކޮނޮމީ" ގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" ގެ ދަށުންނެވެ. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރު 2:00އަށް ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ވެސް ވަނީ ބުނެފައެވެ.

Advertisement

މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 44,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސުން ބުންޏެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަހެވެ. މިޕްރޮޖެކްޓުގެ ބިޑުތައް ހުޅުވުން އޮންނާނީ 21 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސުން ބުންޏެވެ.

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ފެސިލިޓީއެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި ލެބޯޓްރީން ވެލި ތަހުލީލުކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަރކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަށް ބޭނުންވާ ފަންޑް "ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ"ގެ ދަށުން، ޖަޕާނާއި ޔޫއެންޑީޕީން ވަނީ ހަމަޖައްސާފައެވެ. މިތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް