ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 12:05
އާރްޓީއެލްގެ ފެރީގެ ޚިދުމަތް ގއ. އަދި ގދ. އަށް ފެށުން
އާރްޓީއެލްގެ ފެރީގެ ޚިދުމަތް ގއ. އަދި ގދ. އަށް ފެށުން
އެމްޓީސީސީ
އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް
ގދ. އަތޮޅު، ފުވައްމުލައް އަދި އައްޑޫގެ އާރްޓީއެލް ޚިދުމަތުގެ އަހުލުވެރިކަމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފި
2022 ވަނަ އަހަރު އެމްޓީސީސީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އާރްޓީއެލް ފެރީގެ ނިޒާމު ތައާރަފު ކުރުން ކަމަށް އެމްޓީސީސީން ބުނޭ
'އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް'ގެ ދަށުން ނ، ރ، ބ، ޅ، ގއ، ގދ، ޏ އަދި ސ އަތޮޅު ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި
'އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް' މަޝްރޫޢުގެ ދަށުން ޒޯން 5 އަދި ޒޯން 6 (ގދ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) ވަނީ ގުޅުވާލާފައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގދ. އަތޮޅު، ފުވައްމުލައް އަދި އައްޑޫގެ ޚިދުމަތުގެ އަހުލުވެރިކަމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްޓީސީސީން ބުނީ 'އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް' މަޝްރޫޢުގެ ދަށުން ޒޯން 5 އަދި ޒޯން 6 (ގދ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) ގުޅުވާލައި، 18 އޮގަސްޓް 2023 ގައި ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތުގެ އަހުލުވެރިކަމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މި ދަތުރުތަކަށް އަގެއް ނުނަގާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިދަތުރުތަކުގައި ބައިވެރިވުމަށް ކައުންސިލް އިދާރާތަކަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށް ވެސް އެމްޓީސީސީން ވަނީ އެދިފައެވެ.

'އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް'ގެ ދަށުން ނ، ރ، ބ، ޅ، ގއ، ގދ، ޏ އަދި ސ އަތޮޅު ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނިމިދިޔަ 2022 ވަނަ އަހަރު އެމްޓީސީސީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އާރްޓީއެލް ފެރީގެ ނިޒާމު ތައާރަފު ކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީން ބުނީ އަމާޒަކީ 2024 ވަނަ އަހަރު ނިމެންވާއިރު، މުޅި ރާއްޖެ އާރްޓީއެލްގެ ނިޒާމަކުން ގުޅާލުން ކަމަށެވެ. އެގޮތުން އާރްޓީއެލްގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު އިތުރަށް ހަރުދަނާވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ޤައުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް