Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 23:31
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު
ރާއްޖެއެމްވީ
އަހްމަދު މަޚްލޫފު
ސުޕްރީމް ކޯޓުން ގޯސްކޮށް ހުކުމް ކުރާނަމަ ފާޑުކިޔާނަން: މަޚްލޫފު
ޕީޕީއެމް އޮތީ ދެ ފެކްޝަނަކަށް ބެހިފައި
ޕާޓީ ބަދަލު ކުރުމަކީ ކަންބޮޑުވާ ކަމެއް
މެމްބަރަކު އަނެއް ޕާޓީއަށް ބަދަލުވުމުގެ ހާލަތްތަކެއް އައިސްދާނެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި، ޕާޓީ ބަދަލު ކުރުމުން ގެއްލޭނެ ކަމަށް ބުނެ ސްޕްރީމް ކޯޓުން ނެރުނު ހުކުމަށް ފާޑުކިޔާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޓުން ބުނެފައިވީނަމަވެސް ސުޕްރީމް ކޯޓުން ޤާނޫނު އަސާސީއަށް ބެލުމެއް ނެތި ގޯސްކޮށް ހުކުމް ކުރާނަމަ އެކަމަށް ފާޑުކިޔާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަޚްލޫފު ވިދާޅުވީ ޖަލަށްވެސް ލެވިދާނެ ކަމަށާއި ކުރިންވެސް ބުނިފަދައިން އިސްލާހަށްކުރާ މަސައްކަތް ހުއްޓައި ނުލާނެ ކަމަށެވެ.

"ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް މިއަދު މިއޮތީ. ސުޕްރީމް ކޯޓަށް ދަންނަވާލަން ބޭނުންވަނީ ގޯސްކޮށް ހުކުމް ކުރާ ނަމަ ފާޑުވެސް ކިޔާނަން" މަޙްލޫފު ވިދާޅުވިއެވެ.

އަނިޔާވެރި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތުގައި ކެރިގެން ދެމިހުންނާނެ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ، ޤާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭގޮތް ބަޔާންކޮށްފައިވާއިރު ކުއްލިއަކަށް ސުޕްރީކޯޓުން މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ނިންމި ނިންމުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

މީގެ ކުރިންވެސް، އެއްވެސް މައްސަލެއް ނެތި ޕާޓީ ބަދަލު ކުރުމަކީ މައްސަލައެއް ކަމަށް ޤާބޫލުކުރައްވާ ކަމަށާއި، އެހެންނަމަވެސް ސިޔާސީ ޕާޓީއަކުން މެމްބަރަކު އަނެއް ޕާޓީއަށް ބަދަލުވުމުގެ ހާލަތްތަކެއް އަންނަކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި ދައުރެއްގެ މެދުތެރެއިން މިގޮތަށް ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަކަށް ނުނިންމޭނެ ކަމަށް މަޚްލޫފު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ އަނިޔާވެރި ވެރިކަން މިއަދު މިއޮތީ އިންތިހާއަށް ގޮސްފައި ކަމަށާއި އެކަމުގެ އެއް ހެއްކަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް ފްރޭމްކޮށް ޖަލަށްލާފައިވާ މައްސަލަ ކަމަށާއި މިފަދަ އަނިޔާވެރި ވެރިކަމަކަށް ފުރުޞަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް