ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 07:15
 އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
ކެނޑިޑޭޓުންނާއި ނައިބުންނަށް ފުރިހަމަ ސެކިއުރިޓީ ލިބެން ޖެހޭ - ހަބީބް
ސީން ވަނީ މިފަދަ ގާުނޫނާ ޚިލާފު އަމަލުތަކުން ދުރުހެލިވުމަށް ވެސް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ
ހޮނިހިރު ދުވަހު ގުރައިދޫ ގައި ހިނގައިދިޔަ ކެމްޕޭން ހަރަކާތްތަކުގެ ހަމަނުޖެހުމަކީވެސް އީސީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފަ
ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް

ރިޔާސީ ކެނޑިޑޭޓުންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ދޭންވާނެ ކަމަށާއި ކެނޑިޑޭޓުންނަށް ހަމަލާ ދިނުމުގެ ނާތަހުޒީބު އަމަލު ނުހިންގުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިލްތިމާސްކުރައްވައިފިއެވެ.

ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބަށް ކުރިމަތިލި މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އަންގައި އިޢުލާންކުރާ ދުވަހުން ފެށިގެން ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ނައިބުންނަށް ސަލާމަތީ ކަންކަން ހަމަޖައްސާދޭން ވާނެ ކަމަށެވެ. އެގޮތުން އެ ސެކިއުރިޓީ އަކީ އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ މީހާ އެމީހާގެ މަޤާމާ ޙަވާލުވަންދެން ފޯރުކޮށްދޭން ޖެހޭ ކަމެއް ކަމަށް ހަބީބް ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން، އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް، ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭން ގާނޫނު ލާޒިމްކުރާކަން ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ހަބީބް ވިދާޅުވީ އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އީސީގެ މެންބަރުންގެ ފަރާތުން ގޮވާލާފައިވެއެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.

އަދި ހޮނިހިރު ދުވަހުގެ ވަގުތެއްގައި ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ވަނީ ގޮވާލައްވާފައެވެ. ހަމައެހެންމެ އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީގެ ފަރާތުން ގޮވާލާފައިވެއެވެ. އަދި ހަމައެހެންމެ، ހޮނިހިރު ދުވަހު ގުރައިދޫ ގައި ހިނގައިދިޔަ ކެމްޕޭން ހަރަކާތްތަކުގެ ހަމަނުޖެހުމަކީވެސް އީސީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އީސީން ވަނީ މިފަދަ ގާުނޫނާ ޚިލާފު އަމަލުތަކުން ދުރުހެލިވުމަށް ވެސް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް