Advertisement
ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 13:06
ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލަ
ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލަ
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރު
"މޭރީ މަރުވި ދުވަހު ޑިއުޓީން ދިމާވި، އޭނާ ފެންނަ ފެނުމަށް ހުރީ އުފަލުން": ހެކިވެރިޔާ
މޭރީ ގްރޭސް މަރުވި ދުވަހު ހެކިވެރިޔާވެސް ހުރީ ހެނދުނު ޑިއުޓީގައި
ޙާދިސާ ހިނގުމުގެ ކުރިން މޭރީއާ ޑިއުޓީގެ ތެރެއިން ދިމާވެފައިވޭ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

މި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކޮށްފައިވާ ފަރާތަކީ ޅ ހިންނަވަރު ހެލްތު ސެންޓަރުގައި ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތެކެވެ.

އޭނާ ކުރިން މަސައްކަތް ކުރީ އައިޖީއެމްއެޗުގައެވެ.

ހެކިވެރިޔާ ބުނީ، އޭރު މޭރީ ގްރޭސްއަކީވެސް އައިޖީއެމްއެޗުގެ ރަޖިސްޓަރޑް ނަރުހެއް ކަމަށެވެ.

މޭރީ ގްރޭސް މަރުވި ދުވަހު ހެކިވެރިޔާވެސް ހުރީ ހެނދުނު ޑިއުޓީގައި ކަމަށާއި، ޙާދިސާ ހިނގުމުގެ ކުރިން މޭރީއާ ޑިއުޓީގެ ތެރެއިން ދިމާވެފައިވާކަމަށް ހެކިވެރިޔާ ބުންޏެވެ.

Advertisement

އެ ދުވަހު މޭރީގެ އުޅުމުގައި ތަފާތުކަމެއްވެސް ފާހަގަވެފައިނުވާކަމަށާއި، ފެންނަ ފެނުމަށް އޭނާ ހުރީ އުފަލުންކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭނާއަކީ މޭރީއާ ޒާތީ ވާހަކަ ދައްކާއުޅޭ މީހެއް ނޫންކަންވެސް ހެކިވެރިޔާ ފާހަގަކުރިއެވެ.

އެ ދުވަހު މޭރީއާ ވާހަކަވެސް ދެކެވުނުކަމަށް އޭނާ ބުންޏެވެ. މޭރީ ބްރޭކަށް ދިޔައީ މެންދުރު 12:00 ހާއިރުކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، ބްރޭކް ނިންމާފައި އަންނަންޖެހޭ ވަގުތު ޖެހުނުއިރުވެސް މޭރީ އަނބުރާ ނާންނަ ކަމަށާއި، އޭގެ ފަހުން ޚަބަރު ލިބުނީ މޭރީ ދަންޖެހިގެން ހޮސްޕިޓަލަށް ގެނެވުނު ވާހަކަ ކަމަށެވެ.

މީގެ އިތުރުން، މޭރީ މަރުވެފައި އޮތްއިރު، އޭނާގެ ހަށިގަނޑުން ދަން ޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް އޭނާއަށް ފާހަަގަވެފައިނުވާ ކަމަށާއި، މޭރީގެ މޫނަށް ނޫކުލައަރާފައިވާކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންތަކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް