Advertisement
ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 17:09
އެމްޑީއޭގެ ރައީސް، އަހްމަދު ސިޔާމް
އެމްޑީއޭގެ ރައީސް، އަހްމަދު ސިޔާމް
ނ އަތޮޅުގެ ތަރައްގީ
ރައީސް ސާލިހާއެކު ބޮޑުތިލަދުންމަތީގެ މުޅި އިގްތިސާދު ހަތަރުގުނަ ވާނެ ކަމާމެދު ޝައްކެއް ނެތް - ސިޔާމް
މާފަރު އެއާޕޯޓަކީ އެރަށު ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށް ޝިޔާމް ވިދާޅުވި
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަމުން ދަނީ 1.5 މިލިއަން ޓުއަރިސްޓުންނަށް އާދެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި

ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ބޮޑުތިލަދުންމަތީގެ މުޅި އިގްތިސާދު ހަތަރުގުނަ ވާނެ ކަމާމެދު ޝައްކެއް ނެތްކަމަށް، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސިޔާމް އެފަދައިން ވިދާޅުވީ ނ. މާފަރުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހު ގެންދަވަނީ ހަނިމާދޫއިން ފެށިގެން އެއާޕޯޓުތައް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްގީކުރައްވަމުން ކަަމަށާއި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަމުންދަނީ 1.5 މިލިއަން ޓުއަރިސްޓުންނަށް އާދެވޭ ގޮތަށް ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ކުރިއަރާފައި ވާކަމަށާއި، ރައްޔިތުން ތިބީ އެކަމާ ވަރަށް އުފަލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝިޔާމް ވަނީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

Advertisement

މީގެ އިތުރުން މާފަރަކީ ވަރަށް ޚާއްސަ ރަށެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސިޔާސީ ދާއިރާގައި ހޭދަކުރެއްވި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ސިޔާސީ މުޒާހަރާއެއްގައި ބޮލުގައި ފޮތިގަނޑު އަޅުއްވައިގެން ވަޑައިގަތް ހަމައެކަނި މުޒާހަރާއަކީ އެ ރަށުގައި ކުރި މުޒާހަރާއެއް ކަމަށް ވިދާޅުވިއެވެ. އެ މުޒާހަރާއަކީ މާފަރުގައި އެއާޕޯޓެއް އަޅައިދިނުމަށް ގޮވާލައި އެރަށު ރައްޔިތުންނާއެކު ކުރި މުޒާހަރާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާފަރު އެއާޕޯޓަކީ ސަރުކާރުން ކޮށްދިން ކަމެއް ނޫންކަމަށާއި އެއީ އެމަނިކުފާނު މާފަރުގެ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އެ ހަގީގަތާމެދު ދެބަސް ވެވޭނެ ބަޔަކު ނެތް ކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ނ އަތޮޅަށް ތަރައްގީ ބޭނުންވާނަމަ ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ. ސިޔާމް ވިދާޅުވީ އެ އަތޮޅު ތަރައްގީކުރެއްވުމަށް ރައީސް ގެންގުޅުއްވަނީ ވަރަށް ފުރިހަމަ ސިޔާސަތެއްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް