ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 21:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މާމެންދޫ ސްކޫލުގެ އައު ކްލާސްރޫމް ހުޅުއްވައިދެއްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މާމެންދޫ ސްކޫލުގެ އައު ކްލާސްރޫމް ހުޅުއްވައިދެއްވަނީ
ރައީސް އޮފީސް
މާމެންދޫ ސްކޫލް
ރައީސް، މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ހުޅުއްވައިދެއްވައިފި
މާމެންދޫ ސްކޫލުގެ އައު އިމާރާތަކީ ޖަޕާނުގެ އެހީގައި ބިނާކުރި އިމާރާތެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ގއ. މާމެންދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އެ އިމާރާތް ހުޅުއްވައިދެއްވީ، މިހާރު އެމަނިކުފާނު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހުގެ ހަވީރު އެރަށަށް ވަޑައިގެންނެވެ.

Advertisement

މާމެންދޫ ސްކޫލުގެ އައު އިމާރާތަކީ ޖަޕާނުގެ އެހީގައި ބިނާކުރި އިމާރާތެކެވެ. ދެ ކްލާސްރޫމް ހިމެނޭ މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް