ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 19:28
ރައީސް އިބްރާހީމް މުހައްމަދު ސާލިހު މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
ރައީސް އިބްރާހީމް މުހައްމަދު ސާލިހު މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
މާމެންދޫގެ ތަރައްގީ
މާމެންދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރައްވައި، އިތުރު ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފި
ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ރައްޔިތުންގެ ވިސްނުން އެމަނިކުފާނުގެ ކޯލިޝަނާއެކު ބޭއްވުމަށް ކަމަށް ވިދާޅުވި
ކުރިއަށް އޮތް ދައުރުގައި ކުރައްވަން އޮތީ އެންމެ ކަމެއް ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތްކުރައްވައި، ދިރިއުޅެވޭނެ ގޮތެއް ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވި

މާމެންދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އިތުރު ކަންކަން ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ގއ. މާމެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދައުރަށް ކޮންމެ ރަށަކަށްވެސް ސިޔާސަތެއް އެބައޮތްކަމަށެވެ. ހަމައެފަދައިން މާމެންދޫއަށްވެސް ސިޔާސަތުތަކެއް އެބަހުރިކަމަށާއި، މާމެންދޫއަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން އެބަހުރިކަމަށެވެ.

އެގޮތުން ރައީސް ވަނީ މާމެންދޫގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި ހައުސިންގ ޔުނިޓްތައް އަޅުއްވައިދެއްވާނެ ކަމަށާއި، ސްކޫލްގެ ދަތިކަން ހައްލުކުރެއްވުމަށް 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް އަޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށްގިރުުމުގެ މައްސަލަ ހައްލުކުރުމާއި، ކައުންސިލް އައު އިމާރާތް އަދި ހެލްތު ސެންޓަރުގެ ޚިދުމަތް ފުޅާކޮށް 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ރައްޔިތުންގެ ވިސްނުން އެމަނިކުފާނުގެ ކޯލިޝަނާއެކު ބޭއްވުމަށް ކަމަށެވެ. ކޮންމެ ވޯޓަކީވެސް މުހިންމު ވޯޓެއް ކަމަށާއި، ލާ ވޯޓުން ނަތީޖާ ކޮންމެ ގޮތަކަށްވެސް ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ. މީގެ 5 އަހަރު ކުރިން 2013-2018 ކަންކަން ކޮށްފައިވާ ގޮތާއި، މި ވެރިކަމުގައި ކަންކުރައްވާ ގޮތް ރައްޔިތުންނަށް އެނގޭނެކަމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ކުރައްވަން އޮތީ އެންމެ ކަމެއް ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތްކުރައްވައި، ދިރިއުޅެވޭނެ ގޮތެއް ހޯއްދަވައިދެއްވުން ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް ކަމެއް ނުކުރައްވާނެ ކަމަށެވެ. ސިޔާސީ ޚިޔާލު ތަފާތުވުންތަކަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް