ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 17:33
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމަށް ބިންް ހިއްކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމަށް ބިންް ހިއްކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން
އެމްޓީސީސީ
ލ. ކައްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމަށް ބިންް ހިއްކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫއަށް 390 މިލިއަން ރުފިޔާ ހޭދަވާނެ
އެމްޓީސީސީއާ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމަށް ބިންް ހިއްކައި, އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ލޭންޑް ރެކްލަމޭޝަން އެންޑް ޝޯރ ޕްރޮޓެކްޝަން ފޮރ ޑިވެލޮޕްމަންޓް އޮފް ކައްދޫ އެއަރޕޯޓްގެ މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން ކައްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީކޮށް 2.4 ކިލޯމީޓަރުގެ ރަންވޭއަކާއ،ި އިންޓަރނޭޝަނަލް ޕެސެންޖަރ ޓަރމިނަލް އަދި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކާނެއެވެ. އެގޮތުން އެއާޕޯޓަށް ބޭނުންވާ 56.83 ހެކްޓަރު ހިއްކާއިރު، 4433 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖަހާނެއެވެ.

އެމްޓީސީސީއާ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މި މަޝްރޫއަށް 390 މިލިއަން ރުފިޔާ ހޭދަވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް