ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 12:47
ގއ މާމެންދޫ މަގުތަކުގައި ތާރުއެޅުން
ގއ މާމެންދޫ މަގުތަކުގައި ތާރުއެޅުން
ޕްލޭނިން މިނިސްޓްރީ
މާމެންދޫ މަގުތަކުގައި ތާރު އެޅުން
ގއ މާމެންދޫ މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީއާ ޙަވާލުކޮށްފި
މި ކޮންޓްރެކްޓް ގެ މުއްދަތަކީ 730 ދުވަސް
މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި، މަގުތަކުގައި މަގުބައްތިޖެހުން ހިމެނޭ

ގއ މާމެންދޫ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްފިއެވެ.

ބުދަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާރމަނަންޓް ސެކްރަޓަރީ އަލްފާޟިލާ ޒީނިޔާ އަހްމަދު ހަމީދެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްއުސްތާޛް އަޙްމަދު ޝިހާދުއެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި  5.47ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި، މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.

މި ކޮންޓްރެކްޓް ގެ މުއްދަތަކީ 730 ދުވަހެވެ. ކޮންޓްރެކްޓް އަގަކީ 138,675,598.56 (ސަތޭކަ ތިރީސް އަށްމިލިއަން ހަލައްކަ ހަތްދިހަފަސްހާސް ފަސްސަތޭކަ ނުވަދިހަ އަށްރުފިޔާ ފަންސާސް ހަލާރި)

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
9 އޯގަސްޓް 2023 | ބުދަ 14:18
ކިޔުންތހެރިޔާ
ސާބަހޭ ރައީސް އިބްރާހިމް މުހައްމަދު ސަާލިހު. 👏👏👏