Advertisement
ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 08:26
 ޑރ. މުސްތަފާ
ޑރ. މުސްތަފާ
ރާއްޖެއެމްވީ
ސޯޝަލް ސެކްޓަރގެ މަސައްކަތްތައް
"ޑިސްއެބިލިޓީ މެނޭޖެމަންޓް ސެންޓަރުން 7506 މީހުންނަށް މި ދައުރުގެ ތެރޭގައި ފަރުވާދީފައިވޭ"
މުސްތަފާ ވިދާޅުވީ ސޯޝަލް ސެކްޓަރ އިން ދޭ އެންމެ ބޮޑު އެހީއަކީ އާސަންދަކަމަށް
މި ސަރުކާރަކީ އިންސާނިއްޔަތަށްޓަކާ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައި
އާސަންދަ ފަރުވާ ލިބުން ކުރިއަށް ވުރެ ބޮޑަށް ފަސޭހަވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ޑިސްއެބިލިޓީ މެނޭޖްމަންޓް ސެންޓަރުން 7506 މީހުންނަށް މި ދައުރުގެ ތެރޭގައި ފަރުވާދީފައިވާ ކަމަަށް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ސަރުކާރަކީ އިންސާނިއްޔަތަށްޓަކާ ވަރަށް ބޮޑަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ ސަރުކާރުން ޑިސްއެބިލިޓީ އަށް ފަރުވާދޭ ޑިސްއެބިލިޓީ މެނޭޖްމެންޓް ސެންޓަރެއް ވެސް ޤާއިމްކޮށްފައިވާ ކަމަށެވެ. އެ ސެންޓަރަކީ ކުޑަ އިރު ދިމާވެފައިވާ ކަންކަމާއި ފަރުވާ ދީގެން ރަނގަޅު ކުރެވޭ ކަންކަން އިތުރަށް ގޯސްވިޔަ ނުދީ ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ ތަނެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއްވެސް މާލެ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ކަމަށާއި އެފަދަ އިތުރު ސެންޓަރުތައް އައްޑޫ އާއި ކުޅުދުއްފުށީގައި ވެސް ޤާއިމްކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ. މީގެ އިތުރުން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔާތްތައް ބޮޑުކޮށްދެއްވުމަކީ ވެސް ސަރުކާރުން ސޯޝަލް ސެކްޓަރ އަށް ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މުސްތަފާ ވިދާޅުވީ ސޯޝަލް ސެކްޓަރ އިން ދޭ އެންމެ ބޮޑު އެހީއަކީ އާސަންދަކަމަށެވެ. ސިއްހީ ފަރުވާ އާއި ޖިސްމާނީ ބަލިމަޑުކަމާއި ގުޅިގެން ޑޮކްޓަރުގެ ސިޓީ އާއި އެކު ފަސޭހަކަމާއި އެކު އާސަންދަ ފަރުވާ ލިބުން ކުރިއަށް ވުރެ ބޮޑަށް ފަސޭހަވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ ވަރަށް ބޮޑު ފަސޭހަ އެއް ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިޖުތިމާއީ މަސައްކަތް ކުރާ މީހުންނަށް ގްރާންޓު ލިބުމަކީ އެ ދާއިރާ އިން ސަރުކާރުން ހޯދާފައިވާ ކުރިއެރުމެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. ނުކުޅުދުންތެރިކަން ހުރި މީހުންނަށް ލިބޭ ފުރުސަތުތައް ކުރިއަށް ވުރެ ބޮޑަށް ފުޅާ ވެފައިވާ ކަމަށާއި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ގޮސް ރާއްޖެ އަށް ނިސްބަތްވާ މީހުން ރަނގަޅު ވަނަތައް ހޯދަމުންދާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް