ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 07:10
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ފަގީރުންގެ ދަފްތަރު
ފަގީރުންގެ ލިސްޓުގައި ޖުމްލަ 7657 މީހުން ރަޖިސްޓްރީވެފައިވޭ: އިސްލާމިކް މިނިސްޓްރީ
333 މީހުން އަލަށް ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ކޮށްފައިވޭ
ފަގީރުންގެ ލިސްޓުގައި މީހުން ރަޖިސްޓްރީ ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކޮންމެ މީހެއްގެ ފޯމް ވަކިވަކިން ބެލުމަށްފަހު

ފަގީރުންގެ ލިސްޓުގައި ޖުމްލަ 7657 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުރުޝިދު އަބްދުލްހަކީމް ވިދާޅުވީ، ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއް ފޯމް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ކޮމެޓީން އެފޯމްތައް އެވެލުއޭޓް ކުރުމަށްފަހު 333 މީހުން އަލަށް ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ކުރެވުނު ކަމަށް މުރުޝިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިން ތިބި މީހުންނާއެކު ޖުމްލަ ފަގީރުންގެ ލިސްޓުގައި 7657 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.

މުރުޝިދު ވިދާޅުވީ ފަގީރުންގެ ލިސްޓުގައި މީހުން ރަޖިސްޓްރީ ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކޮންމެ މީހެއްގެ ފޯމް ވަކިވަކިން ބެލުމަށްފަހު ކަމަށެވެ. އަދި ކޮންމެ މީހެއްގެ އެކައުންޓް ސްޓޭޓްމަންޓާއި، އަދާކުރަމުންދާ ވަޒީފާ ލިބޭ އާމްދަނީ ބަލާ އަދި ރަށެއްގެ ދިރިއުޅޭ މީހެއް ނަމަ އެމައުލޫމާތުތައް ވެސް ހޯދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލުން އަނެއްކާ ވެސް ފަގީރުންގެ ދަފްތަރުގައި މީހުން ހިމެނުމަށްޓަކައި އަޅުގަނޑުމެން އޭގައި ރަޖިސްޓްރީވުމަށް ހުޅުވާލިން. ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ފަރާތްތަކުން ފަގީރުންގެ ލިސްޓުގައި ނަން ހިމެނެމަށްޓަކައި ދަފްތަރުގައި ހިމެނުމަށްޓަކައި އޭގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކުން ފޯމް ހުށަހެޅި. އެފޯމްތަކަށް ބެލުމަށްފަހު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށްޓަކައި ހުށަހެޅި ފަރާތްތަކުގެ ޝަރުތު ހަމަވާ ފަރާތްތަކުން ކޮމެޓީން ބެލުމަށްފަހު.
ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުރުޝިދު އަބްދުލްހަކީމް

1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް 18 ޖުލައި 2023ވީ އަންގާރަ ދުވަހު ވަނީ ޖަމާކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަނުވަ ލައްކަ ނުވަހާސް ފައްސަތޭކަ) ރުފިޔާއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފަގީރުންގެ ލިސްޓުގައި މިއަހަރު ހިމެނޭ 7657 މީހުންގެ ތެރެއިން ބޮލަކަށް ޖެހެނީ 3500 ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް