Advertisement
ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 17:18
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ޕީޕީއެމް/ޕީއެންސީ
ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒުއަށް
މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 25 ވޯޓުން

ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ ސެނެޓްގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިޚާބު, މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފިއެވެ.

މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 25 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

Advertisement

ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. 

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ހުކުމް ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި މި މައްސަލަ އޮތީ އިސްތިއުނާފު މަރުހަލާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް