ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ށ. ގޮއިދޫ ފެނަކަ އައު އިންޖީނުގެއާއި އޮފީސް ހުޅުއްވައިދެއްވައިފިއެވެ.
ށ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން އެރަށުގައި ހުޅުއްވައިދެއްވި ފެނަކަ އިންޖީނުގޭ އައު އޮފީހަކީ، ދަތިނުވެ 10 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް އިންޖީނުގެއެކެވެ. ކުރިން އަވަށު މެދުގައި ހުރި 18 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ ބިނާކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. އައު އިންޖީނުގޭގައި 4 ޖެންސެޓް ބަހައްޓާފައިވާއިރު، މިހާރުގެ ކެޕޭސިޓީއަކީ 648 ކިލޯވޮޓެވެ.
ފެނަކަ އިންޖީނުގެއާއި އޮފީސް ހުޅުއްވައިދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮއިދޫކަރަންޓު ވިއުގަވެސް އިފްތިތާހުކޮށްދެއްވާފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
