ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 10:42
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
ޔާމީނުގެ ކެނޑިޑެސީ
ޔާމީނުގެ ކެނޑިޑެސީ ބަލައިގަތުމާމެދު މިއަދު އިރުއޮއްސި 18:00 ގެ ކުރިން އީސީން ގޮތެއް ނިންމަނީ
ޕީއެމްއިން ވަނީ ޔާމީނުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި
ފޯމުގެ ސައްޙަކަން ކަށަވަރުކުރާއިރު، ލަސް ކުރުމުގެ އެއްވެސް ނިޔަތެއް ނެތް
އަންގާރަ ދުވަހުގެ އިރު އޮއްސި 18:00 ގެ ކުރިން ގޮތެއް ނިންމާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ ބަލައިގަތުމާމެދު އަންގާރަ ދުވަހުގެ އިރު އޮއްސި 18:00 ގެ ކުރިން ގޮތެއް ނިންމަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންގާރަ ދުވަހު ޕީޕީއެމްއިން ވަނީ ޔާމީނުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ޙަބީބް ވިދާޅުވީ، އީސީގެ ފަރާތުން މި ފޯމުގެ ސައްޙަކަން ކަށަވަރުކުރާއިރު، ލަސް ކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، އަންގާރަ ދުވަހުގެ އިރު އޮއްސި 18:00 ގެ ކުރިން ގޮތެއް ނިންމަވައި، އީސީގެ ޖަވާބު އަރުވާނެ ކަމަށެވެ.

Advertisement

މިއީ އިންތިޚާބުގައި ވާދަ ކުރުމަށް މިހާތަނަށް ހުށައެޅިފައިވާ ފުރަތަމަ ފޯމުކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް