ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 10:30
ނަރުދޫ ކައުންސިލު އިދާރާގެ އިސް ބޭފުޅުންތަކަކާއި، އިތުރު ފަރާތްތަކެއް އެމްޑީޕީއާ ގުޅިވަޑައިގަތުން
ނަރުދޫ ކައުންސިލު އިދާރާގެ އިސް ބޭފުޅުންތަކަކާއި، އިތުރު ފަރާތްތަކެއް އެމްޑީޕީއާ ގުޅިވަޑައިގަތުން
ރާއްޖެއެމްވީ
ނަރުދޫ ކައުންސިލް
ނަރުދޫ ކައުންސިލުގެ ތާއީދު އެމްޑީޕީއަށް، އެރަށު ޕީޕީއެމް އެކްޓިވިސްޓަކުވެސް ސޮއިކޮށްފި
ނަރުދޫ ކައުންސިލުގެ 5 މެމްބަރުންނަކީވެސް އެމްޑީޕީގެ މެމްބަރުން
ފޯމުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި ވަނީ ޙަވާލު ކުރައްވާފައި

ނަރުދޫ ކައުންސިލު އިދާރާގެ އިސް ބޭފުޅުންތަކަކާއި، އިތުރު ފަރާތްތަކެއް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

އެފަރާތްތަކުން އެމްޑީޕީއަށް ސޮއި ކުރައްވައި، ފޯމުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި ޙަވާލު ކުރައްވާފައިވަނީ އަންގާރަ ދުވަހު ނަރުދޫގައި ބޭއްވި ޖަލްސާއެއްގައެވެ.

މި ޖަލްސާގައި ވަނީ ނަރުދޫ ކައުންސިލުގެ ރައީސް މުޙައްމަދު މުސްތަދުޝިފް، ނާއިބްރައީސް އަލީ ޝަރީފް އަދި ކައުންސިލު މެންބަރު މުޙައްމަދު މަދީހުއާއި، ކައުންސިލު މެންބަރު ސާމާ މުޙައްމަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމު ރައީސަށް އަރުވާފައެވެ.

މިއާއެކު، ނަރުދޫ ކައުންސިލުގެ 5 މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ.

އޭގެ އިތުރުން، ކުރީގެ ކައުންސިލަރު އަދި ޕީޕީއެމްގެ އެކްޓިވިސްޓު ހުސައިން ސިރާޖާއި، ޑަބްލިއުޑީސީގެ ރައީސާ މަރިޔަމް ރަޝީދާވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ފޯމު ރައީސް ސާލިޙަށް ޙަވާލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
1 އޯގަސްޓް 2023 | އަންގާރަ 13:51
މައި
މަރުޙަބާ!