ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 13:17
ރައީސް ފުވައްމުލައް ސިޓީ އަށް ވަޑައިގަންނަވަނީ ކެމްޕޭނަށް
ރައީސް ފުވައްމުލައް ސިޓީ އަށް ވަޑައިގަންނަވަނީ ކެމްޕޭނަށް
އުފާވެރި އަމާން ރާއްޖެ
ރައީސް މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ
ފުވައްމުލައް ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވާނެ
ބައެއް ޕްރޮޖެކްޓްތަކުގެ ނިމުން ފާހަގަކުރައްވާނެ

އުފާވެރި އަމާން ރާއްޖެ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހަވީރު، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނެއެވެ.

އުފާވެރި އަމާން ރާއްޖެ ކެމްޕޭނަށް ރައީސް މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެން، ކެމްޕޭންގެ އެކި ހަރަކާތްތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން "އުފާވެރި އަމާން ރާއްޖެ" ފުވައްމުލައް ސިޓީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު އަދާލަތު ޕާޓީގެ ޖަގަހަ އަދި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވުމާއި، އުތުރު، މެދު އަދި ދެކުނު ދާއިރާގެ ކެމްޕޭން ޓީމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ ރަނިންގްމޭޓް އިއުލާން ކުރުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދޫޑިގަން އަވަށު ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވުމާއި، ފުވައްމުލައް ސްކޫލުގައި އަލަށް އިމާރާތްކުރެވުނު މަލްޓިޕަރޕަސް ހޯލު ހުޅުވައިދެއްވުމާއި، ހޯމް ސޯލަރ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް