ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 22:50
ހެންވޭރު އުތުރުދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ހެންވޭރު އުތުރުދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
އަބްދުﷲ ޝާހިދު
ރާޅު އޮތީ ނަގާ ބޯމަތީގައި، މިސަރުކާރު ދެނެއް ނޯންނާނެ: ޝާހިދު
ބެޔަސް ނުބެޔަސް ދޭން ބުނި 10000 ރުފިޔާ ކޮބައިތޯ
ދަނޑުވެރިންނަށް ދޭން ބުނި 8000 ރުފިޔާ ކޮބައިތޯ
94،000 ވަޒީފާ ކޮބައިތޯ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ހުރިހާ ޖަރީމާއެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ކަމަށާއި ރާޅު މިއޮތީ ނަގާ ބޯމަތީގައި ކަމަށްވާއިރު މިސަރުކާރު ދެނެއް ދެމިއެއް ނޯންނާނެ ކަމަށް ހެންވޭރު އުތުރުދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

"ރައްޔިތުންގެ ބަދަލު" ނަމުގައި ގދ.ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އެއްވެސް އޯގާތެރިކަމެއް ނެތްކަން އެނގުމުން ސަރުކާރަށް ތާއީދު ކުރި ފަރާތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ފަޅިއަށް އަރާފައިވާ ކަމަށާއި ރައްޔިތުންގެ ތާއީދު ނުލިބޭކަން އެނގުމުން އެއްވެސް ހަމައެއް ލަމައެއް ނެތި ކަންތައް ކުރަމުންދާކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ޝާހިދު ވިދާޅުވީ ސަރުކާރާއި ދެކޮޅުވެގެން މަޖިލީހުން މެމްބަރުން ނެރުނަސް އަލުން ވައްދާނެ ކަމަށެވެ.  

 

"ދައުލަތަށް އިހްލާސްތެރިވާ ބައެއް ގައްދޫ ރައްޔިތުންނަކީ. ސުޕްރީމް ކޯޓުގެ ތެރެއިންވެސް ފެނިގެން ދިޔުމަށް. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އިޙްލާސްތެރިކަން ދެއްކުމަށް" ޝާހިދު ވިދާޅުވިއެވެ.

 

ރާއްޖޭގެ ހާލާތު މިއަދު މިހިސާބަށް ގޮސްފައިވަނީ ދޮގާއި މަކަރާއި ހީލަތުގެ މިންވަރު ބޮޑުވެގެން ކަމަށާއި އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ދެއްކެވި ވާހަކައިގައި ރާއްޖޭގެ ސިއްހީ ހިދުމަތް ދިނުމުގެ ފެންވަރު މިވަނީ މީގެ 10 އަހަރު ފަހަތަށް ގޮސްފައި ކަމަށެވެ

 

" 26.7 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓު ހުސްވެއްޖެ. ބެޔަސް ނުބެޔަސް ދޭން ބުނި 10000 ރުފިޔާ އަދި ދަނޑުވެރިންނަށް ދޭން ބުނި 8000 ރުފިޔާ ކޮބައިތޯ؟ އެތައް ރައްޔިތުން ފަގީރުވެ ދަނީ . ކޮބައިތޯ ވަޒީރު, 94،000 ވަޒީފާ އުފައްދަން ބުނި އިރު ދޮގާއި މަކަރާއި ހީލަތް ހަދަމުން ދަނީ. ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުން އެތަންތަނުން ކަނޑަމުން ދަނީ" ޝާހިދު ވިދާޅުވިއެވެ.

 

ސަރުކާރުން ރައްޔިތުންނާއި ހަމައަށް ގެނެސްފައިވާ ވައުދުތައް ނުފުއްދައިދެވުމުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ތާއީދާއި އެކީ ވެރިކަމަށް އައި ސަރުކާރު މިއަދު މިފެންނަނީ އިނދަ ޖެހި ބަލިކަށި ވެފައިވާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

ޝާހިދު ވިދާޅުވީ މިސަރުކާރު މިހާރު ދެމި އޮންނަނީ ދެތިން ބިކަ މީހުން ލައްވާ ކަތްތިރި ޖައްސައިގެން ކަމަށާއި އެވަރުންވެސް މިސަރުކާރު ބަލިވެއްޖެ ކަމަށެވެ.

 

ރާޢްޖޭގެ ރައްޔިތުން ތިބީ ރައީސް ޔާމިންއަށް ދޫދޭން ނޫން ކަމަށާއި މި ރައްޔިތުން މިއަދު ނިކުމެ ގުޅި ލާމެހިގެން މި ސަރުކާރަށް ނޫނެކޭ ބުނަމުންޒާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

- ކޮމެންޓް