ކ. މާލެ
|
26 ޖުލައި 2023 | ބުދަ 11:24
މިނިވަން ދުވަހުގެ މުނާސަަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
މިނިވަން ދުވަހުގެ މުނާސަަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
މިނިވަން ދުވަހުގެ ޖަލްސާ
މިއީ ރާއްޖޭގެ ސިޔާސީ، ޚާރިޖީ އަދި ދާޚިލީ މިނިވަންކަން އެންމެ ފުޅާކޮށް ލިބިދެވުނު 5 އަހަރު: ރައީސް
ތައުލީމާއި ތަމްރީނުގެ ދާއިރާއިންވެސް މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް ފުރުސަތު ފަހިކޮށްދެވިފައިވޭ
ރައީސް ވިދާޅުވީ، ޤައުމަށްޓަކައި ޖިހާދުވި ބަތޮލުންގެ ހަނދާން އައުކުރަންޖެހޭ ކަމަށް
މިއީ ރައްޔިތުންގެ ފަރުދީ މިނިވަންކަންވެސް އެންމެ ފުރިހަމައަށް ލިބިދެވުނު 5 އަހަރު

މިއީ ރާއްޖޭގެ ސިޔާސީ އަދި ޚާރިޖީ މިނިވަންކަމާއި ދާޚިލީ މިނިވަންކަން އެންމެ ފުޅާކޮށް ލިބިދެވުނު 5 އަހަރުކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމަށްޓަކައި ޖިހާދުވި ބަތޮލުންގެ ހަނދާން އައު ކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މިނިވަން ދުވަހަކީ ޤައުމެއްގެ ނިސްބަތުން ފާހަގަ ކުރާނެ އެންމެ މުހިންމު އެއް ދުވަސް ކަމަށެވެ.

މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތުގައި އޮންނަ ޤައުމީ ލޯބިކަން ފާހަގަ ކުރައްވައި ރައީސް ވަނީ ރައްޔިތުންގެ މެދުގައި އޮންނަ ސުލްޙަ މަސަލަސްކަމާއި އަމާންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މިއީ ރާއްޖޭގެ ސިޔާސީ އަދި ޚާރިޖީ މިނިވަންކަމާއި، ދާޚިލީ މިނިވަންކަން އެންމެ ފުޅާކޮށް ލިބިދެވުނު 5 އަހަރު ކަމަށާއި، މިއީ ރައްޔިތުންގެ ފަރުދީ މިނިވަންކަންވެސް އެންމެ ފުރިހަމައަށް ލިބިދެވުނު 5 އަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހިން އެދިއެދި ތިބި މަންޒިލަކީ 21 ވަނަ ޤަރުނުގެ ތަރައްޤީ ކަމަށާއި، ނަމަވެސް އެކަމުގައި މިހާތަނަށް ހުރަސްތަކެއް ހުރި ކަމަށެވެ. މި ސަރުކާރުން އިސްކަންދީފައިވާނީ އެ ހުރަސްތައް ނައްތާލުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ތައުލީމާއި ތަމްރީނުގެ ދާއިރާއިންވެސް މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް ފުރުސަތު ފަހިކޮށްދެވިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ތައުލީމާއި ތަމްރީނުގެ ދާއިރާއިންވެސް މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް ފުރުސަތު ފަހިކޮށްދެވިފައިވާނެ، މިއަދު މިވަނީ ޤައުމު ބިނާ ކުރުމުގެ ބިންގާ އެޅިފައި،
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު

މިނިވަން ދިދައެއްގެ ހިޔާ ދަށުގައި މިއަދު މި ތިބެވެނީ ޤައުމީ ބަތަލުންތަކެއްގެ އަގުހުރި ޤުރުބާނީގެ ސަބަބުންކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ ކުރިމަގުގައިވެސް އެންމެ އިސް އަމާޒަކީ ދިވެހި ރައްޔިތުންގެ މަސްލަޙަތު ހިމާޔަތްކޮށް، ދިވެހިންގެ ސިޔާދަތާއި މިނިވަންކަން ޤާއިމު ކުރުންކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް