ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 17:34
ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީން އެއްބަސްވުމުގައި ސޮއިކުރުން
ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީން އެއްބަސްވުމުގައި ސޮއިކުރުން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް
ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތާރު އެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އެމްޓީސީސީއަށް
ދެވަނަ ފިޔަވަހީގެ ދަށުން 12.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 255،211،824.60 ރުފިޔާއަށް

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި އެއްބަސްވުމުގެ ދަށުން، ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 12.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 255،211،824.60 (ދުއިސައްތަ ފަންސާސް ފަސް މިލިއަން ދެ ލައްކަ އެގާރަ ހާސް އަށްސަތޭކަ ސައުވީސް ރުފިޔާ، ފަސްދޮޅަސް ލާރި)އަށެވެ.

ފުވައްލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 35 މަގެއްގައި 18.5 ކިލޯމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 331.05 މިލިއަން ރުފިޔާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް