Advertisement
ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 13:08
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު
މުހައްމަދު ޝަރުހާން
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް މަސީހު، ރަނިންގމޭޓަކަށް މޫސާ ޒަމީރު
ޕީޕީއެމްގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައި
އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައި
މަސީހަކީ ޕީޕީއެމްގެ ސިޔާސީ ޙަރަކާތްތަކުގައި ފެންނަ ފަރާތެއް ނޫން

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަދި ރަނިންގމޭޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އައްޔަނުކޮށްފިއެވެ.

އެކަން އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޕީޕީއެމްގެ ސިޔާސީ ޙަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އަދި މުޒާހަރާތަކުގެ ކުރީ ސަފުގައި ފެންނަ ފަރާތްތައްވެސް ތިއްބަވަނިކޮށް، ކުއްލިއަކަށް ޕީޕީއެމްއިން މިފަދަ ނިންމުމެއް ނިންމުމުން އެ ޕާޓީގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

Advertisement

ޕީޕީއެމް އިން ވަނީ މިކަން ދޮގުކޮށްފައެވެ. އެގޮތުން ޕީޕީއެމް އިން ބުނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓަކަށް މިވަގުތު ވަކި ބޭފުޅަކު ކަނޑައެޅިފައިނުވާކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމްގައި, ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ސޮއިކުރެއްވުމަށްފަހު އެ ފޯމް އަނބުރާ ޕީޕީއެމްއާ ހަވާލުކުރައްވާފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް