ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 11:47
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ޕީޕީއެމް
ޕީޕީއެމްއިން އެދެނީ ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި، ރިޔާސީ ކެންޑިޑޭޓް ރަނިންގމޭޓަކު އައްޔަނުކުރަން
ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ފޯމުގައި ސޮއިކުރެއްވުމަށްފަހު އެ ފޯމް އަނބުރާ ޕީޕީއެމްއާ ހަވާލުކުރައްވާފައިވޭ
ލީޑަރޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ލީޑަރޝިޕްގައި އެދިވަޑައިގެންނެވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓް ކަނޑައެޅުއްވުމުގެ އިހުތިޔާރު އެމަނިކުފާނަށް ދޫކޮށްލެއްވުމަށް ނިންމަވާފައިވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ބޭފުޅަކު ހަމަޖައްސަވައިފި ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކައާއި ގުޅޭ ގޮތުން އެ ޕާޓީން ބުނެފައިވަނީ، ރަނިންގމޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރެއް ކަމަށެވެ.

އެހެންނަމަވެސް، ލީޑަރޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ލީޑަރޝިޕްގައި އެދިވަޑައިގެންފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

ޔާމީނު އެހެން އެދިވަޑައިގެންފައި ވީނަމަވެސް، ރަނިންގމޭޓު ކަނޑައެޅުމަކީ ޕާޓިގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށް ވާތީ، ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ޚިޔާރު ކުރެއްވުމަށް ދަންނަވަން ލީޑަރޝިޕްގެ އިއްތިފާޤުން ނިންމާފައިވާކަމަށް ޕީޕީއެމް އިން ބުނެއެވެ.

އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓަކަށް މިވަގުތު ވަކި ބޭފުޅަކު ކަނޑައެޅިފައިނުވާކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމްގައި, ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ސޮއިކުރެއްވުމަށްފަހު އެ ފޯމް އަނބުރާ ޕީޕީއެމްއާ ހަވާލުކުރައްވާފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް