ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 07:07
ކަރެކްޝަންސްގެ އައު ބެޗު
ކަރެކްޝަންސްގެ އައު ބެޗު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
38 ޓްރޭނީންނާއެކު ކަރެކްޝަންސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 28 ވަނަ ބެޗު ފަށައިފި‏
މިއީ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެއް
މިއީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށްގެންދާ ޕްރޮގްރާމެއް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމްގެ 10 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

މިއީ ކަރެކްޝަންސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 28 ވަނަ ބެޗެވެ. މިއީ ކޮންމެ ޕްރިޒަން އޮފިސަރެއް ވެސް ފުރިހަމަ ކުރަންޖެހޭ ކޯހެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

15 ހަފުތާއަށް ކުރިއަށްދާ މި ޕްރޮގްރާމްގެ އައު ބެޗްގައި ކަރެކްޝަންސްގެ ވަޒީފާއާ އަލަށް ގުޅޭ 38 ފިރިހެން ޓްރޭނީން ބައިވެރިވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީއެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކަރެކްޝަންސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި އޮފިސަރުންނަކީ އަޚުލާގު ރަނގަޅު ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތައުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އަމާޒެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަށް މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދޭނީ އައިކޯސްޓުގެ މުދައްރިބުންނާއި ކަރެކްޝަންސްގެ ފަންނީ މުވައްޒަފުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް