Advertisement
ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 11:40
ދުނިޔޭގެ ސްކައުޓް ޖަމްބޮރީ ވަފްދާއި ޗީފް ސްކައުޓް އަދި ޗީފް ގައިޑް ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު
ދުނިޔޭގެ ސްކައުޓް ޖަމްބޮރީ ވަފްދާއި ޗީފް ސްކައުޓް އަދި ޗީފް ގައިޑް ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު
ރައީސް އޮފީސް
ސްކައުޓް އަދި ގާރލް ގައިޑް
މި ދައުރުގެ ތެރޭގައި ސްކައުޓް އަދި ގާރލް ގައިޑަށް ކޭމްޕު ދާނެ ރަށެއް ޚާއްސަ ކުރާނަން: ރައީސް
ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ސްކައުޓް އަދި ގާލްސް ގައިޑް އެސޯސިއޭޝަން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ފެށުނު
ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން އެ މަސައްކަތްތަކަށް ލަސްތަކެއް އައިކަން ރައީސް ފާހަގަ ކުރެއްވި
ރައީސް ވަނީ ސްކައުޓް ޖަމްބޮރީ ވަފުދުގެ ހުރިހާ ބައިވެރިންނަށްވެސް ނިޔާމަ ދަތުރަކަށް އެދިވަޑައިގަންނަވާފައި

ވެރިކަމުގެ މި ދައުރުގެ ތެރޭގައި ސްކައުޓް އަދި ގާރލް ގައިޑަށް ކޭމްޕު ދާނެ ރަށެއް ޚާއްސަ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސްކައުޓް ޖަމްބޮރީ ވަފްދާއި ޗީފް ސްކައުޓް އަދި ޗީފް ގައިޑް ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ސްކައުޓް އަދި ގާރލް ގައިޑް އެސޯސިއޭޝަން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ފެށުނު ކަމަށެވެ.

Advertisement

އެހެންނަމަވެސް ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން އެ މަސައްކަތްތަކަށް ލަސްތަކެއް އައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ މި ދައުރުގެ ތެރޭގައި ސްކައުޓް އަދި ގާރލް ގައިޑު އެސޯސިއޭޝަނަށް ކޭމްޕު ދާނެ ރަށެއް ޚާއްސަކޮށް އެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ޙަވާލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި ތިބޭފުޅުންނަށް ކޭމްޕު ދާނެ ރަށެއް، ޚާއްސަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ޙަވާލުކޮށްދޭނެ ވާހަކަ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް ވަނީ ސްކައުޓް ޖަމްބޮރީ ވަފުދުގެ ހުރިހާ ބައިވެރިންނަށްވެސް ނިޔާމަ ދަތުރަކަށް އެދިވަޑައިގަންނަވާފައެވެ.

އަދި ޤައުމު ފަޚުރުވެރިވާ ފަދަ ކާމިޔާބެއް ހޯދާނެކަމުގެ އުއްމީދު އެބައޮތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް