Advertisement
ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 13:18
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަލީ އާދަމް
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަލީ އާދަމް
ޖޭއެސްސީ
ޖޭއެސްސީ
ވަރިވާން ކޯޓަށްދިޔަ އަންހެން މީހާއަށް ގުޅި މެޖިސްޓްރޭޓުގެ އެފަދަ އިތުރު މައްސަލައެއް
ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް ވަނީ ނިންމާފައި
ކޮމިޝަނުން ބަލަމުންދާ މިބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން 2023 މޭ 25 ދުވަހުން ފެށިގެންވެސް ސަސްޕެންޑު ކުރި

ވަރިވާން ކޯޓަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެން މީހާއަށް ގުޅައި މެސެޖްކޮށް ހެދި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަލީ އާދަމް އަނެއްކާވެސް ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން ބުނީ، 2023 ޖޫން 21 ވަނަ ދުވަހު ނަގާފައިވާ ފަނޑިޔާރުގެ ބަޔާނަށް ރިޢާޔަތް ކުރުމަށްފަހު، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، 24 ޖުލައި 2023 އިން ފަށައިގެން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް 2023 ޖުލައި 12 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 46 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މިހާރުވެސް ހުންނެވީ އެ ކޮމިޝަނުން ބަލަމުންދާ މިބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން 2023 މޭ 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާ ސަސްޕެންޑްކޮށްފައިކަންވެސް ޖޭއެސްސީން ފާހަގަ ކުރެއެވެ.

އެއީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން ކޮމިޝަނުން ތަޙްޤީޤު ކުރި މައްސަލައެކެވެ.

Advertisement

އެ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް 25 މެއި ވަނަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަންގެ ކުއްލި ޖަލްސާގައި އޮތީ ނިންމާފައެވެ.

އޭރުވެސް އެގޮތަށް ނިންމާފައިވަނީ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ޙަވާލާދީ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަލީ އާދަމް ވަނީ މީގެކުރިންވެސް ސަސްޕެންޑްކޮށްފައެވެ. އެގޮތުން ކައިވެނި ރުޖޫއަކޮށްދިނުމާއި ޖަމިއްޔާއެއް އުފެއްދި މައްސަލައަކާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް 18 ގައިވެސް އަލީ އާދަމް ދެ ހަފުތާއަށް ސަސްޕެންޑުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް