Advertisement
ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 11:01
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އުޅަނދެއް
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އުޅަނދެއް
ރާއްޖެއެމްވީ
އަލިފާނުގެ ޙާދިސާ
މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަންހެނެއްގެ މޫނު ފިހިއްޖެ
ޙާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުން ކަމަށް ބެލެވޭ
ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ ޙަރަކާތްތެރިވަމުން

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި، އަންހެނެއްގެ މޫނު ފިހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މ.ދިއްލީވިލާގައި ގޭސް ފުޅިއެއް ގޮވައިގެން އުޅޭ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުމާއި ގުޅިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement

މި ޙާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުން ކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އޭގެ އިތުރުން، އުނދުން ރޯކުރި އަންހެން މީހާ ފިހިގެން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެމްއެންޑީއެފުން ބުނީ، އޭނާގެ މޫނު ފިހިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް