Advertisement
ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 09:01
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ރާއްޖެއެމްވީ
ސިފައިންނާއި ފުލުހުންގެ ޚިދުމަތް
ސިފައިން ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ ފިޔަވަޅުއަޅާނަން: މިނިސްޓަރު އިމްރާން
ފުލުހުންގެ މީހާ އަދާކުރަމުންދިޔަ މަގާމުން ވަގުތީގޮތުން ވަނީ ދުރުކޮށްފައި
ނޫސްވެރިންނާމެދު އަމަލުކުރި ގޮތް ދަނީ ބަލަމުން
ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ސިފައިން ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ ފިޔަވަޅުއަޅުއްވާނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ 20 ޖުލައި ވީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ޖުމްހޫރީ މައިދާނުގައި ތިބި ވަގުތު، ފުލުހުން އެ މީހުން ދުރަށް ޖައްސަމުން ދިޔަ މަންޒަރުތައް ކަވަރުކުރަން ތިބި ނޫސްވެރިން ކޮއްޕާލި މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހާދިސާގައި ދެ ނޫސްވެރިއަކު ވަނީ އެތަނަށް ވެއްޓިފައެވެ.

Advertisement

މި މައްސަލައާ ގުޅިގެން އެސްއޯ ފުލުހުންގެ މީހާ އަދާކުރަމުންދިޔަ މަގާމުން ވަގުތީގޮތުން ދުރުކޮށް، ނޫސްވެރިންނާމެދު އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރު އިމްރާން ވިދާޅުވީ، ސިފައިން ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެކަން ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް