ކ. މާލެ
|
19 ޖުލައި 2023 | ބުދަ 19:17
ރައީސް، ހއ. އިހަވަންދޫ ބަނދަރު ހުޅުއްވައިދެއްވުން
ރައީސް، ހއ. އިހަވަންދޫ ބަނދަރު ހުޅުއްވައިދެއްވުން
އެމްޑީޕީ
ހއ. އިހަވަންދޫ ބަނދަރު
ރައީސް، އިހަވަންދޫގައި އަޕްގްރޭޑްކުރި ބަނދަރު ހުޅުއްވައިދެއްވައިފި
މަޝްރޫއުގެ އަގަކީ 59.07 މިލިއަން ރުފިޔާ

ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމިފައިވާއިރު, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިހަވަންދޫ ބަނދަރު ހުޅުއްވައިދެއްވާފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދުގައި އެކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރުބައްތި ހަރުކުރުމާއި 4582 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު 26ގައެވެ. އެއީ 59.07 މިލިއަން ރުފިޔާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް