Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 09:49
ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް
ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް
ރާއްޖެ އެމްވީ
މުހައްމަދު އަސްލަމް
ހުރިހާ ބާރަކާއެކު ވެސް ރައީސް ޔާމިނަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގެންނެވި: އަސްލަމް
މާޒީން އިބްރަތް ލިބިގެން މުސްތަގްބަލް ބިނާކުރަން ޖެހޭ
މިހާލަތު ގެނައީ ރައީސް ޔާމިން އަމިއްލަ ފުޅަށް
ރައީސް ޔާމިންގެ ވެރިކަން ވެއްޓެނީ ކަމާއިމެދު ޝައްކަތެއް ނެތް

ވެރިކަމުގެ ހުރިހާ އާރާއި ބާރެއް ލިބިވަޑައިގެންނެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގެންނެވި ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

 

އަސްލަމް މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

 

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ހަމަ ޔަޤީންނުންވެސް ވެއްޓެނީ ކަމަށާއި ހުރިހާ އާރާއި ބާރެއް ލިބިވަޑައިގެންނެވި ނަމަވެސް ވެރިކަން ކުރަން އެނގިވަޑައިނުގެންނެވުމުގެ ސަބަބުން ވެރިކަން ވެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

 

މިހެން ކަންތައް ދިމާވީ ވެސް ރައީސް ޔާމީން އަމިއްލަފުޅަށް ކުރެއްވި ކަންތައްތަކެއް ސަބަބުން ކަމަށާއި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކުން ފަހަރަކު މީހަކު މިދަނީ ބީވެގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

 

"ސިޔާސީ ގިނަ ލީޑަރުން އިސްލާޙަށް މަސައްކަތް ކުރަން ފަށައިފި. ރައީސް ޔާމިންގެ ވެރިކަން ވެއްޓެނީ ކަމާއިމެދު ޝައްކަތެއް ނެތް. ސުޕްރީމް ކޯޓުން ޤާނޫނު އަސާސީ މުގުރާލައިފި" އަސްލަމް ވިދާޅުވިއެވެ. 

 

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ޖަލަށް ލެއްވުމަކީ އިދިކޮޅު ފަރާތްތަކުން ބޭނުން ވެގެން ކުރި ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށްފަހު ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ތާއީދު އަނބުރާ ގެންދެވީ އިދިކޮޅު ފަރާތްތަކުން ކުރި ކަމަކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

 

އެހެންކަމުން އެއިރުގެ މާޒީއިން އިބްރަތް ލިބިގެން މުސްތަގްބަލް ބިނާކުރަން މިއަދު ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް މީހަކީ ދުޝްމަނެއް ނޫން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ފިކުރު ބަދަލުވުމުން އެމީހަކީ ބަލައިގަންނާނެ މީހެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް