Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 22:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ރައީސް ޞާލިހުގެ ރަނިންގމޭޓް
ރަނިންމޭޓަކާމެދު މަޝްވަރާތައްދަނީ ކުރެވެމުން، އެކި ނަންތައް އާދޭ: ރައީސް
ރައީސް ވިދާޅުވީ ރަނިންގ މޭޓެއް ކަނޑައެޅުމަކީ އުނދަގޫ ނިންމުމަކަށް ވެފައިވާކަމަށް
ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުއްވުމުގެ ފުރުސަތު ވެސް އޮތްކަމަށް ރައީސް ވިދާޅުވި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގ މޭޓެއް ކަނޑައެޅުމުގެ މަޝްވަރާތައް ޕާޓީގެ އިސްފަރާތްތަކާއެކު ކުރެވެމުންދާކަމަށާއި އެކި ނަންތައް ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

Advertisement

ކެމްޕެއިނަށް މ އަދި ވ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަނިންގ މޭޓެއް ކަނޑައެޅުމަކީ އުނދަގޫ ނިންމުމަކަށް ވެފައިވާކަމަށެވެ.

އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ އާއެކު މިހާރުވެސް ސަރުކާރުގައި އޮތް އަދާލަތު ޕާޓީ ކޯލިޝަން ހަދާފައިވާއިރު އެމްޑީއޭވެސް ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ.

ރައީސް ވިދާޅުވީ އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުއްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް އާއެކު ނުކުންނަވައިގެންނެވެ. އެކަމަކު މި އިންތިޚާބުގައި ރައީސާއެކު ކޯލިޝަން ނުހަދައި، ޖޭޕީން ނިންމާފައިވަނީ ވަކިން ވާދަކުރުމަށެވެ. މިގޮތުން، ޖޭޕީގެ ރިޔާސީ ޓިކެޓު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް