Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 21:48
އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް
އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް
އެމްއެންޔޫ
ހަފީޒު ހޮސްޕިޓަލަށް ގެންގޮސްދިން މީހުން ހޯދަނީ
އެކްސިޑެންޓްވި ހަފީޒު ހޮސްޕިޓަލަށް ގެންގޮސްދިން މީހުން ހޯދަނީ
އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696ށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައިވޭ

އަޟްޙާ އީދު ދުވަހުގެ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް ހޮސްޕިޓަލަށް ގެންދިޔުމަށް އެހީތެރިވެދިން މީހުން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ޖޫން 28 ވަނަ ދުވަހުގެ ފަތިހު، މާލޭ މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް، އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާކަމަށެވެ. ވީމާ، އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696ށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

އެކްސިޑެންޓަށްފަހު ހަފީޒަށް ފަރުވާދީފައިވަނީ އޭޑީކޭ އައިސީޔޫގައެވެ. ފަހުން ހާލު ދެރަކަމުން ކޮމަރޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން، އެއަރ އެމްބިއުލާންސެއްގައި އޭނާ އިންޑިއާއަށް ގެންގޮސް ފަރުވާދޭން ފެށީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

Advertisement

ހަފީޒަށް ފަރުވާ ދެނީ ކޮޗިންގެ ހޮސްޕިޓަލެއްގައެވެ. އެ ކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަ ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ.

މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޖުލައި 3 ދުވަހުއެވެ. އުމުރުން 22 އަހަރުގެ މި މީހާގެ އަތުގައި ލައިސަންސް ނޯންނަކަމަށް ފުލުހުން ބުނެއެވެ. ސައިކަލު ދުއްވި މީހާ ހައްޔަރުކުރުން ފަސްވެގެން މީހުންގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން ދާތީކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް