ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 14:41
ދަޢުވާއަށް ނިޝާން އިބްރާހީމްވަނީ އިންކާރުކޮށްފައި
ދަޢުވާއަށް ނިޝާން އިބްރާހީމްވަނީ އިންކާރުކޮށްފައި
ގެޓީ އިމޭޖަސް
ޖިންސީ ގޯނާގެ މައްސަލަތައް
ކުޑަކުއްޖަކާ ބެހުނު މީހަކު 28 އަހަރަށް ޖަލަށް
ދަޢުވާއަށް ނިޝާން އިބްރާހީމްވަނީ އިންކާރުކޮށްފައި
2019 ވަނަ އަހަރުގެ އެކިދުވަސް މަތިން، އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވޭ

ބ.ތުޅާދޫ / ދުންފިނިގެ، ނިޝާން އިބްރާހީމްގެ މައްޗަށް ކުރި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ މައްސަލަ ސާބިތުވެ، އޭނާ 28 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި ދައުވާ ކޮށްފައިވަނީ ނިޝާން އިބްރާހީމް 2019 ވަނަ އަހަރުގެ އެކިދުވަސް މަތިން، އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީއެވެ.

ދަޢުވާއަށް ނިޝާން އިބްރާހީމްވަނީ އިންކާރުކޮށްފައެވެ.

ހުށަހެޅިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކުރުމުން މި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެެއްނެތި ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

ވުމާއެކު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަން ކަނޑައަޅައި، ނިޝާން އިބްރާހީމް 14 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލި ދެ ދައުވާގެ ގަޒިއްޔާގައިވެސް 14 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމް ކުރެވިފައިވުމުން، މުޅި ޖުމްލަ 28 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް