Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 15:20
ރައީސް ސާލިހު ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވަނީ
ރައީސް ސާލިހު ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވަނީ
އެމްޑީޕީ
ކެޔޮދޫ ސްކޫލް
ރައީސުލްޖުމްހޫރިއްޔާ، ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވައިފި
ސްކޫލަށް ޖާގަ އިތުރުކުރުމުގެ ގޮތުން ދެ ބުރީގެ އިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް އެޅުމުގެ މަސައްކަތް މިވަގުތު ދަނީ ކުރިއަށް

ފެލިދެއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވާފައި ވަނީ ހޯމަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޯލު ބައްލަވާލައްވާފައެވެ. މި ހޯލު ހުޅުވިގެންދިޔައިރު, ކެޔޮދޫ ސްކޫލަށް ޖާގަ އިތުރުކުރުމުގެ ގޮތުން ދެ ބުރީގެ އިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް އެޅުމުގެ މަސައްކަތް މިވަގުތު ހިނގަމުންދެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް