ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 07:55
އެއްބަސްވުމުގައި ސޮއިކުރައްވަނީ
އެއްބަސްވުމުގައި ސޮއިކުރައްވަނީ
އެޑިއުކޭޝަން މިނިސްޓްރީ
ވޭވަށު ސްކޫލްގައި 2 ކުލާސްރޫމް އަޅަނީ
ވޭވަށު ސްކޫލްގައި 2 ކުލާސްރޫމް އަދި ސްޓާފްރޫމް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި
މި މަޝްރޫއަށް 4.9 މިލިއަން ރުފިޔާ ހޭދަވާނެ
މިއީ ޕީއެސްއައިޕީގެ ދަށުން ހިންގާ މި މަޝްރޫއެއް
މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމާގޮތަށް

މ. ވޭވަށު ސްކޫލްގައި 2 ކުލާސްރޫމް އަދި ސްޓާފްރޫމް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

އާދިއްތަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ނައުފަލް އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއަށް 4,897,568.02 ރުފިޔާ ހޭދަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިއީ ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް