ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 18:12
ދިއްގަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ރައީސް ހުޅުވައިދެއްވަނީ
ދިއްގަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ރައީސް ހުޅުވައިދެއްވަނީ
އެމްޑީޕީ
ދިއްގަރު ސިއްހީ މަރުކަޒު
ރައީސް، ދިއްގަރު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ހުޅުއްވައިދެއްވައިފި
އިތުރުކުރެވުނު އިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން، މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރޭޖް ޔުނިޓެއް ހިމެނޭ

މުލަކަތޮޅު ދިއްގަރު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި އިމާރާތް ހުޅުއްވައިދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. ދިއްގަރު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން، މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރޭޖް ޔުނިޓެއް ހިމެނެއެވެ. މި އިތުރުކުރެވުނު ޢިމާރާތާއެކު ދިއްގަރު ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ދިއްގަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް