ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 18:30
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ކޯޓަށް ފަރިތަ ކެމްޕޭން
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކަށް އިޚުލާސްތެރިކަމާއެކު ހައްލު ހޯދައިދޭންޖެހޭ: އުއްތަމަ ފަނޑިޔާރު
އަދުލު އިންސާފު ގާއިމުކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން
ކޯޓުތަކަށް ޚިދުމަތް ލިބިގަންނަން އަންނަ މީހުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ހަމަޖައްސަންޖެހޭ

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކަށް އެންމެ އިޚުލާސްތެރިކަމާއެކު ހައްލު ހޯދައިދޭންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ "ކޯޓަށް ފަރިތަ" ކެމްޕޭން ލޯންޗުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ އަދުލު އިންސާފު ގާއިމުކުރެވޭނީ އެންމެންވެސް އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވާފައެވެ. ފަނޑިޔާރުން ކުރާ މަސައްކަތަކީ ޒިންމާ ބޮޑު މަސައްކަތެއް ކަމަށާއި، ފަނޑިޔާރުން އެމީހުންގެ ޒިންމާ އަދާކުރާއިރު އެންމެ ފުރިހަމައަށް އިންސާފު ލިބޭނެ ގޮތްތަކަކީ ކޮބާތޯ ބަލަންޖެހޭ ކަމަށާއި، އަދި އެންމެ އިޚުލާސްތެރިކަމާއެކު ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދައިދޭންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ "ކޯޓަށް ފަރިތަ" ކެމްޕޭންގެ ދަށުން މިކަމަށް ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުކަން ކުރާއިރު ވިސްނަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ކޯޓުތަކަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު ޚިދުމަތްތައް ހަމަޖެއްސުމަށް ކަމަށެވެ.

"ކޯޓަށް ފަރިތަ" ކެމްޕޭން އުއްތަމަ ފަނޑިޔާރު ލޯންޗުކޮށްދެއްވާފައިވާއިރު، މިއީ ކޯޓުތަކުގެ ހިދުމަތްތަކާއި ޝަރުއީ ދާއިރާގެ މަސައްކަތަތްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ހިންގާ ކެމްޕެއިން އެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް