Advertisement
ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 17:58
ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިފްތިތާހުކޮށްދެއްވުން
ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިފްތިތާހުކޮށްދެއްވުން
ރައީސް އޮފީސް
ކޮޅުފުށީ ތަރައްގީގެ ބައެއް މަޝްރޫއުތައް
ކޮޅުފުށީ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިފްތިތާހުކޮށްދެއްވައިފި
މ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުއްވައިދެއްވި

މުލަކަތޮޅު ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފައި ވަނީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ވަނީ މ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން ފާހަގަކުރައްވައި އެރަށުގެ ފެނުގެ ނިޒާމު ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

Advertisement

ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ގްރީން ފަންޑުން ޚަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓެއް ގާއިމުކުރުމުގެ އިތުރުން ދެ ބްރޭކްވޯޓަރ ގާއިމްކޮށް އިރު ދެކުނު ފަރާތުން ގިރާ ސަރަހައްދަށް ވެލިއެޅުމާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކޮށްފައިވެއެވެ.

ކޮޅުފުށީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޑެޓުންނެވެ. ކޮޅުފުށީގައި ހުންނަ މ އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިންގއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް