Advertisement
ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 17:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މުލީގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މުލީގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރައީސްގެ މ ދަތުރުފުޅު
ކޯލިޝަންގެ ވިސްނުމަކީ ރާއްޖެ ތަރައްގީކޮށް، ރައްޔިތުން ބޭނުންވާ ޚިދުމަތް ފޯރުކޮށްދިިނުން - ރައީސް
މިސްރާބު ޖަހާފައިވަނީ ޒަމާނީ ޑިމޮކްރަސީއަކަށް
އެމްޑީޕީއަށް ތާއީދުކުރާ މެންބަރުންނާއި ރައްޔިތުންނާ ބައްދަލުވެވަޑައިގަތުމުން އެދުނީ ރަށަށް ތަރައްގީ ގެނެސްދެއްވުމަށް
މުއްޔަށް މިއަހަރު ޖޫން މަހާ ހަމައަށް 280 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފި

ކޯލިޝަންގެ ވިސްނުމަކީ ރާއްޖެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެރިކަންކުރާ މުއްޔަށް ވަޑައިގެން، ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިސްރާބު ޖަހާފައިވަނީ ޒަމާނީ ޑިމޮކްރަސީއަކަށް ކަމަށެވެ. އަދި މިއީ ރާއްޖެ ބަދަލުކުރުމަށް އެތަކެއް އަހަރުކުރިން ފެށި މަސައްކަތް ކަމަށާއި، ޒަމާނީ ޑިމޮކްރަސީގެ ސިފަ ފެންނަން ފަށައިފި ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ މިއީ އެތައްބައެއްގެ ގުރުބާނީ ކަމަށާއި، މި މަސައްކަތާއެކު ވަޑައިގަންނަވާނީ ކުރިއަށް ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލެއްވީ ކޯލިޝަނަކާއެކު ކަމަށާއި، ކޯލިޝަންގައި ހިމެނޭ އެންމެންގެ ވިސްނުމަކީ އެއް ވިސްނުން ކަމަށެވެ. އެ ވިސްނުމަކީ ރާއްޖެ ތަރައްގީކޮށް، ރައްޔިތުން ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި ސަރުކާރުން ފަށާފައިވާ މަސައްކަތް ނިންމަން އަމާޒު ހިފާފައިވާކަމަށެވެ.

އަޅުގަނޑުމެން ނިންމަންވީ ހަމަޖެހުމާ އަމާންކަމާއެކު 9 ސެޕްޓެމްބަރުގަ ނުކުމެ ގޮތެއް ނިންމާއިރު، އެނބުރި ދާންވީ އަނެއްކާވެސް ހަމަނުޖެހުމާ ބިރުވެރިކަމުގެ ތެރެއަށްތޯ، ނުވަތަ މިއަދު ފަށާފަ ވާ ތަރައްގީގެ މަސައްކަތާއެކުގަ ތޯ؟ މުލީގެ ރައްޔިތުންނަކީ ތަރައްގީ ބޭނުންވާ ބައެއް. އެމްޑީޕީއަށް ތާއީދުކުރާ މެންބަރުންނާއި ރައްޔިތުންނާ ބައްދަލުވުމުން އެދުނީ ރަށަށް ތަރައްގީ ގެނައުމަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރުގައި، މިއިން ޒަމާނެއްގައި ދުނިޔެއަށް ކުރިމަތިނުވާ އާލަމީ ވަބާއެއް ކުރިމަތިވި ކަމަށެވެ. ކޮވިޑާއެކު މުޅީ ދުނިޔެ 2 އަހަރު ބަންދުވިއިރު، 2020 ވަނަ އަހަރު އާމްދަނީގެ 40 ބިލިއަން ރުފިޔާ ނުލިބޭ ކަމަށެވެ. ޓުއަރިޒަމް ހުއްޓި އާންމު ވިޔަފާރި ހުއްޓުނު ކަމަށެވެ. އަދި މި ދަތިކަމުގައި، ތަރައްގީގެ މަޝްރޫއު ހުއްޓުނަނުދީ މަސައްކަތް ކުރުމަށް ސަރުކާރުން މަސައްކަތްކުރި ކަމަށެވެ.

މުއްޔަށް މިއަހަރު ޖޫން މަހާ ހަމައަށް 280 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައި ވާކަމަށާއި، ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއަރޕޯޓުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެއަރޕޯޓަށް ފްލައިޓް ޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓް ނިމިގެން ހިންގަން ފަށާއިރު ނާލާފުށި-މުލީ ކޯޒްވޭގެ މަސައްކަތް ފެށޭނެ ކަމަށާއި، މިއަހަރު ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް