ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 11:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީ
ރައީސްގެ މީމު ދަތުރުފުޅު
ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވުނީ އަމާންކަން ގާއިމްކުރުމުން - ރައީސް
އަމާޒަކީ ރައްޔިތުން
ބޭނުންފުޅުވަނީ ރައްޔިތުންނަށް އަމާން ތަރައްގީއެއް ގެނެސްދެއްވުމަށް

ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވުނީ އަމާންކަން ގާއިމްކުރެއްވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު މ. ކޮޅުފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނީ ގިނަ ކަންތައްތަކެއް އެކަމުގެ ފަހަތުގައި އޮވެގެން ކަމަށެވެ. އޭގެ އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމްވެފައި އޮތުން ކަމަށާއި، އަމާންކަން ދެމެހެއްޓެވުން ކަމަށެވެ.

ރައީސް ވިދާޅުވީ ނިމިގެންދިޔަ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކަށް އައިސްފައިވާ ސިޔާސީ ނުފޫޒު ފޯރުވާފައިވާ މިންވަރު ކޮންމެ މީހަކަށްވެސް އެނގޭކަމަށާއި، އެކަން ހަނދާނަށް ގެންނަވަން ޖެހޭ ކަމަށެވެ. ފުލުހުންގެ މުއައްސަސާއަށް ބެލިކަމުގައި ވީނަމަވެސް އެކަން އެނގޭ ކަމަށާއި، އަހަރަކަށް ކޮމިޝަނަރެއް އައްޔަންކުރި އިރު 7 ދުވަހުންވެސް އެކަންކަން ހިނގާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ފުލުހުންގެ މުއައްސަސާ އޭގެ ޒާތުގައި ހިނގަން ފުރުސަތު ދެއްވުން ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރަން މިހާރު ޖާގަ ލިބިފައިވާ ކަމަށެވެ. އެގޮތުން 141 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ހިނގަމުން ނިމެމުންދާ ކަމަށެވެ. 158 ރަށެއްގެ އިންޖީނުގޭގެ ޖަނަރޭޓަރު ބަދަލުކޮށް ނިމިއްޖެ ކަމަށެވެ. ބިން ހިއްކުމުގެ 21 މަޝްރޫއެއް މި ދައުރުގެ ތެރޭގައި ފެށި 8 މަޝްރޫއެއް ނިމި 13 މަޝްރޫގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 410 ގެދޮރުވެރިންނަށް 232 މިލިއަން ރުފިޔާ އެޕްރޫވްކޮށް، އޭގެ ތެރެއިން 104 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން ކަމަށެވެ. އަމާން ވެއްޓެއްގައި ތަރައްގީގެ މުޖްތަމައުއެއްގައި ދިރިއުޅެން ފުރުސަތު ދެއްވުން ކަމަށެވެ. އިރާދައްކުރެއްވިއްޔާ ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ދައުރުގައި ވެސް އަމާޒަކީވެސް އެއީ ކަމަށާއި، އުފާވެރި އަމާން މުޖްތަމައުއެއް ރައްޔިތުންނަށް ހޯއްދަވާ ދެއްވުން ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް