ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 11:46
އެމްއެންޑީއެފުން ޑްރީ ކޮންފަރެންސްގައި ބައިވެރިވަނީ
އެމްއެންޑީއެފުން ޑްރީ ކޮންފަރެންސްގައި ބައިވެރިވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
"ޑިޒާސްޓަރ ރެސްޕޮންސް އެކްސަސައިޒް އެންޑް އެކްސްޗޭންޖް" ކޮންފަރެންސްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
މި ކޮންފަރެންސްގައި ޖުމުލަ 13 ގައުމަކުން 150 އަށް ވުރެ ގިނަ ޕާޓިސިޕެންޓުން ބައިވެރިވޭ

ސައުތު އޭޝިއާ ރީޖަނަލް "ޑިޒާސްޓަރ ރެސްޕޮންސް އެކްސަސައިޒް އެންޑް އެކްސްޗޭންޖް" (ޑްރީ) ކޮންފަރެންސްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ޓެރިޓަރީއަށް ނިސްބަތްވާ މައިކްރޯނީޝިއާ ޖަޒީރާއެއް ކަމަށްވާ ގުއާމްގައި ޖުލައި 12 އިން 21އާ ހަމައަށެވެ. މި ކޮންފަރެންސްގައި ޖުމުލަ 13 ގައުމަކުން 150 އަށް ވުރެ ގިނަ ޕާޓިސިޕެންޓުން ބައިވެރިވެއެވެ.

މި ކޮންފަރެންސްގައި ދިވެހި ސިފައިންގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީގެ ތިން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސަކީ ދިމާވާ ބޮޑެތި ކާރިސާތަކުގައި ދޭދޭ އަދި އެކުވެރި ޤައުމުތަކުން ގުޅިގެން އިޖާބަ ދިނުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެ، ޤާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ބައްދަލުވުމެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް