ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 13:57
ރައީސުލްޖުމްހޫރިއްޔާ ގުޅިއަށް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ ގުޅިއަށް ވަޑައިގެންނެވުން
ރާއްޖެއެމްވީ
ރައީސް ގުޅިއަށް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ ގުޅިއަށް ވަޑައިގެންފި
ރައީސް ގުރައިދޫ ދާއިރާގެ 3 ރަށަށް ވަޑައިގަންނަވާނެ
ގުޅީގެ އެމްޑީޕީ ޖަގަހަ ވަނީ ހުޅުއްވައިދެއްވާފައި
ގުޅީގެ ރައޔްިތުންނާ ރައީސް ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެމްޕޭން ދަތުރުފުޅެއްގައި ކ. ގުޅިއަށް ވަޑައިގެންފިއެވެ.

މިއީ ކ. ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށަށް ވަޑައިގެންނެވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅެކެވެ. މިގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ގުޅިއަށެވެ.

ގުޅިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.

ރައީސް ވަނީ ގުޅިއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އަދި އެމަނިކުފާނު ގުޅީގެ ރައްޔިތުންނާއެކު ކަންމަތީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އޮޅުންފިލުއްވާނެއެވެ.

އެމަނިކުފާނު ގުޅިއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގުރައިދޫ އަދި މާފުއްޓަށް ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް