ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 17:02
ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކުރުން
ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކުރުން
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
މަސައްކަތް ހަވާލުކޮށްފައިވަނީ 3,632,783.04 ރުފިޔާއަށް
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސައުޝަން ކޮންސްޓްރަކްޝަނާ

ރ. ހުޅުދުއްފާރު ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސައުޝަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

Advertisement

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރު އަބްދުލް ހަންނާނު ހުސައިނެވެ. އަދި ސައުޝަން ކޮންސްޓްރަކްޝަންގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހަލީމެވެ.

ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ސައުޝަން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 3,632,783.04 (ތިން މިލިއަން ހަލައްކަ ތިރީސް ދެހާސް ހަތް ސަތޭކަ އަށްޑިހަ ތިން ރުފިޔާ، ހަތަރު ލާރި) އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް