ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 07:28
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
އަތޫފް އާތިފް
ކޮވިޑް-19
3 ހަފްތާތެރޭގައި ރިޕޯޓުކުރީ އެންމެ 4 ކޮވިޑް ކޭސް
މާލެ ސަރަހައްދުން 3 ކޭސް ރިޕޯޓުކޮށްފައިވޭ
މި މުއްދަތުގައި ބަލީގައި ބޮޑުވަރުވެގެން އެޑްމިޓުކުރީ އެންމެ މީހެއް

ތިން ހަފްތާ ތެރޭގައި ރިޕޯޓުކުރި އެންމެ 4 ކޮވިޑް ކޭސް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ވަނީ ޖޫން 11 ން ޖުލައި 1 އާ ހަމައަށް ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު އާންމުކޮށްފައެވެ.

މި ތިން ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ފެނުނީ 3 ކޮވިޑް ކޭސް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެހެނިހެން ސަރަހައްދުތަކުން 1 ކޭސް ފެނިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ފެނުނު ކޮވިޑް ކޭސްތަކުގެ ޖުމްލަ ވަނީ 186،687ށް އަރާފައެވެ.

މި މުއްދަތުގައި ކޮވިޑް ޖެހިގެން ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ އެންމެ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ބަލީގައި ނިޔާވި މީހުންގެ އަދަދަކީ 316 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް