ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 17:30
މިނިސްޓަރު ޝާހިދުއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު
މިނިސްޓަރު ޝާހިދުއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު
ހާރިޖީ ވުޒާރާ
ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅު
ފޮރިން މިނިސްޓަރ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް
ރަސްމީ ހަރަކާތްތައް ކުރިއަށްދާނީ މި ހިނގާ ޖުލައި މަހުގެ 11 އަދި 12 ދުވަހު
އިޖްތިމާއީ ދާއިރާއިންނާއި އިގްތިސާދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދިނުމާގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައި
މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު، ޑރ. އެސް ޖައިޝަންކަރުގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު، ޑރ. އެސް ޖައިޝަންކަރުގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅަކީ އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ކުރިއަށްދާ ރަސްމީ ހަރަކާތްތައް ކުރިއަށްދާނީ މި ހިނގާ ޖުލައި މަހުގެ 11 އަދި 12 ދުވަހު ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި، ބައިނަލްއަގުވާމީގޮތުން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރާނެއެވެ. އަދި ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި، ރާއްޖެއަށް އިޖްތިމާއީ ދާއިރާއިންނާއި އިގްތިސާދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް