Advertisement
ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 11:29
އަބަންކޯގެ ހެޑް އޮފީސް
އަބަންކޯގެ ހެޑް އޮފީސް
އަރބަންކޯ
ސްކޭމް ކޯލްތަކާއި މެސެޖްތަކަށް ސަމާލުވުން
އާބަންކޯގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ، ސަމާލުވޭ
މެސެޖްތަކުގައި ބުނެފައިވަނީ ރޭގަނޑު 8:45 އަކަށް އެ އޮފީހަށް އައުމަށް
ކާކުކަން އެނގޭގޮތަށް އައީޑީކާޑު ހިފައިގެން އައުމަށް މެސެޖްގައި ބުނެފައިވޭ

އާބަންކޯގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ ކަމަށާއި، މިފަދަ މެސެޖްތަކަށް ސަމާލުވުމަށް އެކުންފުނިން އެދިއްޖެއެވެ.

އާބަންކޯއިން ބުނީ އެކުންފުނީގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ ކަމަށާއި، ސްކޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށެވެ. އަދި މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

އާބަންކޯގެ ފަރާތުން ކަމަށް ބުނެ ދައުރުވާ މެސެޖްތަކުގައި ބުނެފައިވަނީ ރޭގަނޑު 8:45 އަކަށް އެ އޮފީހަށް ދިޔުމަށް އެދިފައެވެ. އަދި އޮފީހަށް ހާޒިރުވާއިރު، ކާކުކަން އެނގޭގޮތަށް އައީޑީކާޑު ހިފައިގެން ދިޔުމަށް މެސެޖްގައި ބުނެފައިވެއެވެ.

އާބަންކޯގެ ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ ސްކޭމް މެސެޖުތަކެއް ކުރަމުންދާއިރު، މިފަހުން ވެސް އެކުންފުނީގެ ފަރާތުން ކަމަށް ބުނެ ސްކޭމް ކޯލުތަކެއް ކޮށްފައިވެއެވެ. މިމައްސަލައާ ގުޅިގެން އެކުންފުނީ ބުނީ ބިންވެރިޔާ ސްކީމްގެ ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ.

ސްކޭމް ކޯލުތަކަށް އާއްމުން ހެލުންތެރިކުރުވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ. އަދި އެހެން ލިބޭ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި، ފޮނުވާ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް