Advertisement
ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 06:02
މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލ. ހިތަދޫގައި ކުރިއަށް ގެންގޮސްފި
މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލ. ހިތަދޫގައި ކުރިއަށް ގެންގޮސްފި
މަކަރާއި ހީލަތުގެ މައްސަލަތައް
މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލ. ހިތަދޫގައި ކުރިއަށް ގެންގޮސްފި
މަކަރާއި ހީލަތުގެ މައްސަލަތަކުން ރަައްކާތެރިވުމުގެ މައުލޫމާތު ހިމެނޭ ޕޯސްޓަރު ކެފޭ ރެސްޓޯރަންޓުތަކާއި ފިހާރަތަކުގައި ހަރުކޮށްފައިވޭ
ފުލުހުން ބުނީ އެ ޕްރޮގްރާމަކީ މާމެންދޫ ޕޮލިސް ސްޓޭޝަނުން މި މަހު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް

ލ. ހިތަދޫގައި މަކަރާއި ހީލަތުގެ މައްސަލަތަކުން އާންމު ރައްޔިތުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެ ޕްރޮގްރާމަކީ މާމެންދޫ ޕޮލިސް ސްޓޭޝަނުން މި މަހު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ހިތަދޫ ފިހާރަތަކަށާއި ކެފޭ ރެސްޓޯރަންޓާއި ރައްޔިތުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި އެކި ވިޔަފާރިތަކުގެ ނަމުގައި ކުރިއަށްގެންދާ މަކަރާއި ހީލަތުގެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އެފަދަ ކަންކަމުން ރައްކާތެރިވެ ސަލާމަތްވެތިބުމަށް މަސައްކަތްކުރާނެ ގޮތްތައް ބުނެދީފައިވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

މީގެ އިތުރުން މުދާ ގަނެ ވިއްކުމަށް ފަހު އޮންލައިންކޮށް ފައިސާ ދައްކާއިރު ސަމާލުކަންދޭންވީ ކަންކަމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑާއި ބެންކު އެކައުންޓު އަދި ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެހެންމެ މަކަރާއި ހީލަތުގެ މައްސަލަތަކުން ރަައްކާތެރިވުމުގެ މައުލޫމާތު ހިމެނޭ ޕޯސްޓަރު ކެފޭ ރެސްޓޯރަންޓުތަކާއި ފިހާރަތަކުގައި ހަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް