ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 13:09
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާ
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާ
ރާއްޖެއެމްވީ
ފުއްގިރި ހިޔާނަތް
ބަލި ޙާލަތު ހުރި ގޮތުން މަހެއް ވަންދެން ޝަރީއަތަށް ހާޒިރުވާން އުޒުރުވެރިވާކަމަށް ކްރިކް ވަނީ ކޯޓަށް އަންގާފައި
މިއީ މި މައްސަލައިގެ އަޑުއެހުން މިފަހުން ކެންސަލްވި 5 ވަނަ ފަހަރު
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކްރިކް ރިޒާގެ އިތުރުން 2 ކުންފުންޏެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން އަނެއްކާވެސް ކެންސަލްވެއްޖެއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްކުރީ ކްރިކް ރިޒާ ބަލިވެ އުޅޭކަމަށް ބުނެ މެޑިކަލް ހުށައަޅާފައިވާތީކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

މިއީ މި މައްސަލައިގެ އަޑުއެހުން މިފަހުން ކެންސަލްވި 5 ވަނަ ފަހަރެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިކް ރިޒާ ވަނީ ބަލި ޙާލަތު ހުރި ގޮތުން އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވާކަމަށް ބުނެ ކޯޓަށް 1 މަހުގެ މެޑިކަލް ލިޔުންތައް ހުށަހަޅާފައެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް