ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 11:07
ރައީސް ކޮމަންޑޫގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ކޮމަންޑޫގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް އޮފީސް
ރައީސް ކޮމަންޑޫއަށް ވަޑައިގަތުން
ރައްޔިތުން އެދޭގޮތަށް ކުޑަފަރުގައި އެއަރޕޯޓް އަޅައިދޭނަން: ރައީސް
ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އޮގަސްޓަ މަހު ނިމިގެންދާނެ

ށ. ކޮމަންޑޫގައި ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އެއަރޕޯޓް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ. ކޮމަންޑޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އޮގަސްޓަ މަހު ނިމިގެންދާނެ ކަމަށެވެ.

ކެމްޕޭން ފެށުމަށް ކޮމަންޑޫ ފުރަތަމަ ރަށެއްގެ ގޮތުގައި ޚިޔާރު ކުރެއްވީ ސަބަބެއް ނެތިނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮމަންޑޫއަކީ ކެމްޕޭން ކުރަން ދަންނަ ރަށެއް ކަމަށެވެ. އަދި އެއީ އިންތިޚާބުތަކުގައި ބަލިވާ ރަށެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބައި އިލެކްޝަންގައި އިއުލާންކުރީ ތައުލީމީ ދާއިރާގެ މުސާރައަށް ބަދަލު ގެންނެވުމަށް ކަމަށާއި މިއަދު އެކަން ކުރައްވާ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށް ހަމަޖެހޭ އަމާން މުޖުތަމައުއެއް ޤާއިމުކުރަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ އަމާން މުޖުތަމައުއެއް ޤާއިމުކުރަން މި ސަރުކާރުން ކުރި މަސައްކަތުގެ ފޮނި ނަތީޖާ މިހާރު ފެނަން ފަށައިފި ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ރާއްޖެއަށް ގެންނެވި ބަދަލު ކޮންމެ ރަށަކުން ކޮންމެ މީހަކަށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

މީގެއިތުރުން އަސާސީ ހިދުމަތްތަކުން މަހްރޫމުވެ ތިބެ އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ ކަމަށާއި އެއްވެސް ރަށެއް ތަފާތު ނުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް އެ ހިދުމަތް ފޯރުކޮށްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ކާމިޔާބީތަކަށް ވާސިލްވެވުނީ އުނދަގުލާއެކުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރަށް މެދުނުކެނޑި ޖެއްސުންކުރި މީހުންތަކެއް ތިބި ކަމަށެވެ. އެހެންނަމަވެސް ރައީސް އިސްކުރެއްވީ ރައްޔިތުންގެ މަސްލަހަތު ކަމަށް ވިދާޅުވިއެވެ.

މި ވޭތުވެދިޔަ ފަސް އަހަރު ކަން ހިނގައިދިޔަ ގޮތާއި އޭގެ ކުރީ ސަރުކާރުތަކުން ކަން ހިނގައި ދިޔަ ގޮތް ބެލުމަށްފަހު މިނެ ކިރުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. މިއަދު އެއްވެސް ރައްޔިތަކު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުންނުވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުންގެ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި ރިޔާސީ އިންތިޚާބުގައި ނިންމާ ނިންމުން އެއީ މުޅި ރާއްޖޭގެ މުސްތަޤްބަލާ ގުޅިފައިވާ ނިންމުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް