ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 07:31
ރައީސް ށ. އަތޮޅަށް ފުރާވަޑައިގަންނަވަނީ
ރައީސް ށ. އަތޮޅަށް ފުރާވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސް ށ. އަތޮޅަށް
ކޭމްޕޭނަށް ރައީސް ށ. އަތޮޅަށް ފުރާވަޑައިގެންފި
ދަތުރުފުޅުގައި އެމަނިކުފާނު ހަތަރު ރަށަކަށް ވަޑައިގަންނަވާނެ

ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ށ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު އެމަނިކުފާނު ފުރާވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި އެމަނިކުފާނު ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ވަޑައިގަންނަވާނީ ށ. ކޮމަންޑޫއާއި ށ. މަރޮއްޓާއި ނޫމަރާގެ އިތުރުން ފޯކައިދޫއަށެވެ.

ކޮންމެ ރަށެއްގައި ވެސް ކަންމަތީ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ރައްޔިތުންނާއި ބައްދަލުކުރައްވާ އެކި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމުގައި ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.

ރައީސްގެ މިދަތުރުފުޅުގައި ށ. ފޯކައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިފްތިތާހު ކުރައްވާ ބަނދަރު ހުޅުއްވައިދެއްވާނެއެވެ. އަދި ފޯކައިދޫގެ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވާނެއެވެ. މީގެއިތުރުން ފޯކައިދޫގައި ޚާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކެބިނެޓްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން އެމްޑީޕީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް